ޔަހޫދީންނާ ނަޞާރާ އިންނަކީ މުސްލިމުންނަށް ހެޔޮއެދޭނެ ބައެއް ނޫން: ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޔަހޫދީންނާ ނަޞާރާ އިންނަކީ މުސްލިމުންނަށް ހެޔޮއެދޭނެ ބައެއް ނޫން: ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު
ޔަހޫދީންނާއި ނަޞާރާ އިންނަކީ މުސްލިމުންނަށް ހެޔޮއެދޭނެ ބައެއް އަދި މުސްލިމުންނަށް ހެޔޮއެދިގެން އެއްވެސް ކަމެއް ކުރާނެ ބައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީގެ ނައިބް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ދުނިޔަވީ ސަބަބުތަކަކަށްޓަކައި ޔަހޫދީންނާއި ނަޞާރާއިން މުސްލިމުންނާއި ގުޅިގެން އުޅެފާނެ ކަމަށާއި އެމީހުންގެ ބޭނުމަކަށްވާނީ މުސްލިމުންގެ ކިބައިން ދުނިޔަވީ ފައިދާއެއް ހޯދުން ކަމަށެވެ.

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ޔަހޫދީންނާއި ނަޞާރާއިންނާއި ގުޅުން ބެހެއްޓުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ގުޅުން ބަހައްޓަންޖެހޭނީ މިކަންކަމަށް ވިސްނައި ސަމާލުކަންދީގެން ކަމަށެވެ. އަދި ބަހައްޓާ ގުޅުމުގެ ތެރެއިން މަސައްކަތްކުރަންޖެހޭނީ އިސްލާމް ދީނުގެ މަތިވެރިކަމާއި ރިވެތި އުޞޫލުތައް ދައްކައިދީގެން އިސްލާމް ދީނަށް އެމީހުން ޝައުޤުވެރިކުރުވަން ކަމަށެވެ.

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ މިއަދުގެ ހާލަތަކީ މުސްލިމުންނަށް ކާއެތިކޮޅުވެސް ލިބެން އޮތީ "އެމީހުން" ދިނުމުން ކަމަށާއި މިހާލަތަށް މުސްލިމުން ވެއްޓިގެން ދިއައީ ކަންނެތްވެ ޣާފިލުވުމުން ކަމަށެވެ.

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ތެލާއި ގޭހާއި ރަން ފަދަ މައުދަންތައް މާތް ﷲ އެންމެ ގިނައިން ދެއްވެވީ މުސްލިމުންނަށް ކަމަށެވެ. އެހެންކަމާއިއެކުވެސް މާތް ﷲ ދެއްވެވި ނިއުމަތްތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން މިއަދު މުސްލިމުން މިވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށެވެ.
މިއަދު އޮންލައިން