ގެއްލުނު އިންޑިއާ މަސްބޯޓެއް ހޯދަން އެމްއެންޑީއެފް ސީއޭ އިން އެހީތެރިވާން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ
ގެއްލުނު އިންޑިއާ މަސްބޯޓެއް ހޯދަން އެމްއެންޑީއެފް ސީއޭ އިން އެހީތެރިވާން ފަށައިފި
ތޫފާން އޯޗީ ގެ ސަބަބުން އިންޑިއާއިން ގެއްލުނު މަސްބޯޓުތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ އިންޑިއާގެ މަސްބޯޓުތައް ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެންނެވެ.
މިއޮޕަރޭޝަންގައި ޝްރީ ލަންކާ ކޯސްޓްގާޑުގެ އެހީތެރިކަން ވެސް ހޯދަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިންޑިއާއިން ގެއްލުނު މަސްބޯޓުތައް ހޯދުމުގައި، އެޤައުމުގެ ޓެމިލް ނާޑޫގެ މަސްވެރި ޖަމާއަތަކުން، އިންޑިއާގެ ކޮމާޝަލް އަށް ބޯޓެއް 36 މީހުންނާއިއެކު ހަރަކާތްތެރިވާން ފަށާފައިވާކަމަށް ވެސް އިންޑިއާ އެމްބަސީ އިން އެމްއެންޑީއެފް އަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ކަނޑުމަތިން ހާލުގައި ޖެހިފައިވާ މަސްބޯޓެއް ފެނޭތޯ ބައްލަވައިދެއްވުމަށާއި އެފަދަ އުޅަނދެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިން އެދިފައިވެއެވެ.


މިއަދު އޮންލައިން