ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލިބިވަޑައިގެންފައިވާ ބޭރުފުށުގެ ސިފަފުޅުތައް ފެނިފައި ކާފަރުން އިސްލާމްވިއެވެ. ސިފަފުޅުތައް ފެނުމުން އިތުރު އެކަލާގެފާނަކީ މާތް ބޭކަލެއް ކަމާއި އިތުރުފުޅު ހައްދަވާނެ ބޭކަލެއް ނޫންކަން ޔަޤީންކުރެވިގެންނެވެ.
އަހަރެމެން މުސްލިމުންނަށް އިތުރު މާތް ނަބިއްޔާގެ ސިފަފުޅުތައް އެތެރެއާއިި ބޭރުން އެބަ އެނގެއެވެ. އެ އެނގުންތަކަށް ކީރިތި ޤްރްޢާން ހެކިދެއެވެ. ޔަޤީންކަން ދެއެވެ. މިހުރިހާ ކަންކަމެއް އެނގޭއިރުވެސް ޔަޤީންކުރެވޭއިރުވެސް އަހަރެމެންނަށް އެބަ އީމާންވެވޭ ހެއްޔެވެ؟ އަހަރެމެންނަށް މިތިބީ ކީއްވެފައި ހެއްޔެވެ؟
އިންސާނުންނާއި އަޅުއްވައި ލެއްވެވުމުގައި މުޅި ދުނިޔެއަށް ނަމޫނާ ދެއްކެވިއެވެ. މީސްތަކުންނާއި ބެއްލެވީ ޖަމްޢުކޮށެއް ނޫނެވެ. ކޮންމެ އިންސާނަކަށްވެސް ސަމާލުކަން ދެއްވެވިއެވެ. ފަރުދީ ގުޅުން ބޭއްވެވިއެވެ. ހުރިހާ ޞަހާބީންގެ ލޯބި އިތުރު މާތް ނަބިއްޔާއަށް ލިބިވަޑައިގަތީ އެ ގުޅުންތަކުގެ ސަބަބުންނެވެ. އެ ގުޅުންތަކުގެ މަތިވެރިކަމުންނެވެ.
ދުވަހަކުވެސް ކޯފާ އިސްކުރައްވަވާފައެއް ނުވެއެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެވަޑައިގެންފައެއް ނުވެއެވެ. އަބަދުވެސް އިލްތިމާސް ކުރެއްވެވީ އޯގާތެރިވުމަށެވެ. އެހީތެރިވުމަށެވެ. އަހަރެމެންނަށް އެކަންކަން އެގޮތަށް ކުރެވޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން އިންސާފުވެރި ވެވޭހެއްޔެވެ؟
ތަފާތު ދީނީ އިލްމުވެރިންގެ ބަސްފުޅުތައް ޚަބަރުގައި ވީޑިއޯ އިން ވިސްނުންތެރިކަމާއިއެކު އަޑުއަހައިލާށެވެ. ތިބާގެ އޮތީ ފުރިހަމަ ހިތެއް ނަމަ އުޅުމަށް ބަދަލުތަކެއް އަންނާނެއެވެ. އިތުރު މާތް ނަބިއްޔާގެ މައްޗަށް އެތައް ގުނައަކަށް ލޯބި އިތުރުވެގެންދާނެއެވެ.
ގުޅުންހުރި ވީޑިއޯ: