ކީރިތި ޤްރްއާން އަވީ ނުލަމާ- ހައްޤު އިހްތިރާމް އަދާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ކީރިތި ޤްރްއާން އަވީ ނުލަމާ- ހައްޤު އިހްތިރާމް އަދާކުރައްވާ!
ކީރިތި ޤްރްއާނަށް އިޙްތިރާމް ކުރުމުގައި ދިވެހިންނަކީ ނަމޫނާ ބައެކެވެ. ދިވެހިން އެންމެ ލޯބިވާ އަދި އިޙްތިރާމްކުރާ ފޮތަކީ ކީރިތި ޤްރްއާންއެވެ. އެހެންކަމާއިއެކުވެސް ވިއްސަނައި ނުލެވި ބައެއް ފަހަރު ދެރަ ކަންތައްތައް ކުރެވެއެވެ.

ޚަބަރުގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ މާލޭގެ މިސްކިތެކެވެ. ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ މިސްކިތެކެވެ. ނަމަވެސް ޚަޠިމްތައް ބަހައްޓާފައި އެވަނީ ގިނަ ވަގުތުތަކެއްގައި އަވި އޮންނަ ތަނެއްގައެވެ. އެކަމުގެ ސަބަބުން މުޞްހަފްތަކަށް ހޫނުވެއެވެ. އަދި މުސްހަފްގެ ބޭރުގެ ކުލަ ވެސް ބަދަލުވެއެވެ.

މިފަދަ ގޮތް ގޮތަށް ކީރިތި ޤްރްއާނުގެ މުސްހަފްތައް ބެހެއްޓުމަކީ ކުރަން ރަނގަޅުކަމެއް ނޫނެވެ. މުޞްހަފްތައް ބަހައްޓަންވާނީ ވީހައި ރައްކައުތެރިކަމާއިއެކުގައެވެ. ވީހައި ބޮޑަށް ހިމާޔަތްކޮށްފައެވެ.
މިއަދު އޮންލައިން