ފާފަ ކުރުމުގައި ދެމި ހުރި މީހަކު، ނިޔާވީ މާތް ﷲ އަށް ތައުބާވީ ވަގުތު!

ކިޔުމަށް ހޭދަވާނީ 2މ 26ސ
ފާފަ ކުރުމުގައި ދެމި ހުރި މީހަކު، ނިޔާވީ މާތް ﷲ އަށް ތައުބާވީ ވަގުތު!
ބަނީ އިސްރާއީލަށް ނިސްބަތް ވެގެންވީ މީހެކެވެ. އޭނާއަކީ ވަރަށް ގިނައިން ފާފަކޮށް، ނުހަނު ގޯސްކޮށް ދިރިއުޅުނު މީހެކެވެ.

އޭނާގެ އުޅުން ވިޔާނުދާވުމުގެ ސަބަބުން މުޅި އެޤައުމުގެ އެންމެން އޭނާ އެއަވަށުން ބޭރު ކޮށްލިއެވެ.

އޭނާ އެކަނިވެރިވިއެވެ. ކައިބޮއެ އުޅެވޭނެ ގޮތެއް ނެތެވެ. ބޯހިޔާވަހިކަން ހޯދަން ދާނެ ތަނެއްވެސް ނެތެވެ. ބަލިވުމުން ވެސް އޭނާއާއި އަޅާލާނެ މީހަކު ނުވިއެވެ. އެފަދަ ހާލަތެއްގައި އޮވެ އޭނާ މިދުނިޔެއިން ވަކިވެގެން ދިޔައެވެ.
އެހިނދު މާތް ﷲ (އެއިރު ހުންނެވި ރަސޫލާއަށް) ވަޙީ ބަސްފުޅު އިއްވެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވެވިއެވެ.

"ތިމަން ރަސްކަލާނގެ އާއި ނުހަނު ގާތް އަޅަކު އަވަހާރަ ވެއްޖެއެވެ. އޭނާ ހިނަވާ، އޭނާގެ ޖަނާޒާ ބާއްވާށެވެ. އަދި ޤައުމުގެ މީހުން ގާތަށް ގޮސް، އޭނާގެ ޖަނާޒާގައި ބައިވެރިވެ ދުޢާ ކުރައްވާ ކޮންމެ މީހެއްގެ ފާފަ ތިމަންރަސްކަލާނގެ ފުއްސަވާނެ ވާހަކަ ދަންނަވާށެވެ."

އެހެންކަމުން އެމީހާގެ ޖަނާޒާގައި އެންމެން ބައިވެރިވިއެވެ. އޭނާގެ މޫނުބެލުމަށް ކައިރިވީ ހިނދު، އެއީ ކުރިން ނުބައި ޢަމަލުތައް ކުޅައުޅުނު މީހާކަން އެންމެންނަށް އެނގުނެވެ. އެރަސޫލާ މާތް ﷲ އަށް ދުޢާ ކުރައްވާ، ވެގެން އުޅޭ ގޮތެއްގެ ތަފްސީލު އަންގަވާދެއްވުމަށް އެދިލެއްވިއެވެ.

މާތް ﷲ ވަޙީ ކުރެއްވިއެވެ. "އޭނާ ހުރީ އެކަނިވެފައެވެ. ލަދު ގެންފައެވެ. އެއްވެސް ކަމެއް ކުރާނެ މަގެއް ނެތިފައެވެ. އޭނާގެ އެކުވެރިއެއް ތިމާގެ މީހެއް ވެސް ނުވިއެވެ. އޭނާ ބަލިކަށިވަމުން ދިޔުމުން ތިމަންރަސްކަލާނގެ މަތިން އޭނާ ހަނދުމަ ކުރިއެވެ. އޭނާ ތިމަންރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ."

އޭނާ ދުޢާ ކުރެއްވީ "ޔާ ﷲ ތިމަންނާއަށް މިފަދަ އަޒާބެއް ލިބިގެން މާތް ރަސްކަލާނގެ މަތިވެރިކަން އިތުރުވާނޭކަން ތިމަންނާއަށް އެނގޭނަމަ، އަދި ތިމަންނާގެ ފާފަ ފުއްސަވައިގެން އިބަ އިލާހުގެ މަތިވެރިކަން ދަށްވެދާނެކަމަށް ތިމަންނާއަށް ހީވާނަމަ، ތިމަންނާ އިބަ ރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ނުދަންނަވާ ނަމެވެ.

އެހެންނަމަވެސް، ޔާ ﷲ ތިމަންނާގެ ފާފަ ފުއްސަވައިގެން އިބަ ރަސްކަލާނގެ މަތިވެރިކަން ދަށް ނުވާނެކަން ތިމަންނާއަށް އެނގޭތީ، ތިމަންނާއަށް ކުރެވުނު ހުރިހާ ފާފަތައް ފުއްސަވާ ދެއްވުމަށް އެދި އިބަ ރަސްކަލާނގެ ހަޟްރަތަށް ތައުބާވަމެވެ.

ތިމަންނާއަށްޓަކައި އިބަ ރަސްކަލާނގެ ނޫން އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ތިމަންނާގެ އަޑު އައްސަވާނެ އެހެން ފަރާތެއް ވެސް ނުވެއެވެ. އެހެންކަމުން ތިމަންނާގެ ފާފަ ފުއްސަވާދެއްވާށެވެ."

އޭނާ ނިޔާވީ އެފަދައިން ދުޢާ ކުރެއްވި ވަގުތުއެވެ.

މާތް ﷲ ވަޙީ ކުރެއްވެވިއެވެ.

"ފަހެ، އޭނާގެ ތައުބާ ވަރަށް ވެސް ގަދަފަދައެވެ. އަދި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރިއިރު، އޭނާ ހަމައެކަނި އޭނާއަށްޓަކައި ދުޢާ ކުރީ އޭނާގެ ހަނި ވިސްނުމެއް ހުރުމުންނެވެ. އޭނާ ދުޢާ ކުރިއިރު މުޅި އުންމަތުގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ދެންނެވިނަމަވެސް، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އޭނާގެ ތައުބާ ޤަބޫލުކުރައްވާ މުޅި އުންމަތުގެ އެންމެންގެ ފާފަވެސް ފުއްސެވީމުހެވެ."

ގުޅުންހުރި ވީޑިއޯ:



މިއަދު އޮންލައިން