ތިބާ ހާޒިރުކުރެވޭނެއެވެ. މީޒާން ބެހެއްޓޭނެއެވެ. މަލާއިކަތުން ޗޭނުތައް ހިއްޕަވައިގެން ވަޑައިގެން މީސްތަކުން ވަށައިލައްވަވާނެއެވެ. ނަރަކައަށް ގެންދަވަން ޖެހިވަޑައިގަންނަވާ މީހުން ގެންދެވުމަށެވެ.
ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ މި އުންމަތުގެއެވެ. ހިސާބު ބެއްލެވުމުގެ އިންތިޒާރީގައި އެންމެން ތިއްބައި މި އުންމަތުގެ މީހުން އެކުގައި ހިނގާފައިދާނެ އެވެ. ކަރު މައްޗަށް ޖަހައިގެން ތިބެއެވެ.
މަންޒަރު ބަލަން ތިބޭ އެންމެން ވެސް އެވަގުތު މި އުންމަތުގެ މީހަކަށް ވެވުނުނަމައެވެ ހިތަށް އަރާނެއެވެ. މިއުންމަތުގެ މީހަކަށް ނުވެވުނީތީ ހިތާމަކުރާނެއެވެ.
އެންމެން ޖަމާވުމުން މުޅި ޖައްވު ފުރިގެންދާނީ ފަތްތަކުންނެވެ. ދުނިޔޭގައި އެމީހާ ކުޅަ އަމަލުތައް ލިޔެވިފައިވާ ފަތްތަކުންނެވެ. އެމީހެއްގެ ފަތް އެމީހަކާއި ދިމާއަށް އަންނާނެއެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރާނީ ކަނާތުން ފަތުގައި ހިފުމަށެވެ.
އެހެން ނަމަވެސް ކަނާތުން ފަތް ހިފޭނީ މިދުނިޔޭގައި މާތް ﷲ އެންގެވި ގޮތަށް އުޅުނު މީހުންނަށެވެ. މާތް ﷲ ގެ އެންގެވުންތަކަށް ފުރިހަމައަށް އިޖާބަދިން މީހުންނަށެވެ. ފަތް ހިފަން މަސައްކަތްކުރުމުގެތެރޭގައި ބައެއް މީހުން ކަނައަތުން ފަތް ހިފުމުންވެސް އެފަތް ކަނައަތަކު ހަރެއް ނުލާނެއެވެ. ވައަތަށް ބަދަލުވާނެއެވެ. އެކަމަށް ތިބާގެ އެއްވެސް ބާރެއް ނުފޯރުވޭނެއެވެ.
ޤިޔާމަތް ދުވަހު ކަންކަން ހިނގާނެ ގޮތް އެނގެން އެބައޮތެވެ. ކީރިތި ޤްރްއާނުންނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުތަކުންނެވެ.
އަމަލުތައް އިޞްލާހްކޮށް ސުވަރުގެ ހޯދުމުގެ ފުރުޞަތު މިއަދު ތިބާއަށް އެބައޮތެވެ. އެކަން ކުރެވޭނީ ފުރުޞަތުގެ ބޭނުން ކުރެވެން އޮއްވައި އެކަން ކޮށްފިނަމައެވެ. މާތް ﷲ ތިބާއަށް ކަނޑައަޅުއްވަވާފައިވާ ނޭވާގެ އަދަދު ހަމަވުމުގެ ކުރިން އެކަންކޮށްފިނަމައެވެ.
ލޮބުވެތި މުސްލިމް އަޚުންނޭވެ. ޤިޔާމަތް ދުވަހު ތިބާގެ ފަތް ތިބާއަށް ލިބުމުގެ ކުރިން މިއަދު އަވަހަށް އަމިއްލައަށް ފޮތް ހުޅުވައިލާށެވެ. ތިބާއަށް ކުރެވިފައިވާ އަމަލުތަކުގެ ހިސާބު އަމިއްލައަށް ބަލައިލާށެވެ. ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ.
ގުޅުންހުރި ވީޑިއޯ: