"އޭނާ، އޭނާގެ އަރާމު ނިދި ނަގާލައިފިއެވެެ. އޭނާ ދެމިހުންނަނީ މާތް ﷲ އަށްޓަކައި ސަޖިދަކުރުންމަތީގައެވެ. ކީރިތި ޤްރްއާން ކިޔެވުމުގައެވެ.
އޭނާއަށްވުރެ ތިމަން ﷲ އާއި ގާތްކަން ބޮޑުވެގެންވަނީ ކާކުހެއްޔެވެ؟ އެނޫން މީހުންނާއި އޭނާ އާއި އެއްވަރުކުރާނީ ކިހިނަކުންހެއްޔެވެ؟"
"އެމީހުންނަކީ ގަދަކަމުން އެނދުން ތެދުވާބައެކެވެ. އަރާމު ނިދި ދޫކޮށްލައިފައެވެ. ރޭގަނޑުގެ ގަދަ އަނދިރީގެ ތެރޭގައި އެމީހުން މިސްކިތްތަކަށް ދެއެވެ. މާތް ﷲ އަށް ދުޢާކޮށް އާދޭސް ދަންނަވައެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތަށާއި ފާފަ ފުއްސެވުމަށް އެދިއެވެ."
މީސްތަކުންނޭވެ. ފަރުޟު ނަމާދުތަކަށްފަހު އެންމެ މުހިންމު ނަމާދަކީ ޤިޔާމުއްލައިލް (ދަމު) ނަމާދެވެ. އެންމެ މަތިވެރިކަން ބޮޑު ނަމާދަކީ އެއީއެވެ. އެ ނަމާދުގެ މުހިންމުކަން ބޮޑުކަމުން އިތުރު މާތް ނަބިއްޔާއަށް އެއީ ފަރުޟެކެވެ. އަހަރެމެންނަށް. ގަދަވެގެންވާ ސުންނަތެކެވެ.
ދަމު ނަމާދު ކުރުމަކީ މާތް، ދީންވެރި މީހުންގެ ސިފައެކެވެ. ދަމު ނަމާދުގެ ސަބަބުން ކުށްތަކަށް މަޢާފް ލިބިގެންދެއެވެ. އެއީ އިބިލީހުގެ ވަސްވާސްތަކުން ދުރުވެވޭ، އަދި ނުބައި އަމަލުތައް ކުރުމުން ސަލާމަތްވާ ނަމާދެކެވެ. އެއީ ހަށިގަނޑުގެ ސާފުތާހިރުކަން އިތުރުކޮށްދޭ ނަމާދެކެވެ. މާތް ﷲ ގެ ޙަޟްރަތުގައި ތިބާގެ ޢިއްޒަތް މަތިވެރިކޮށްދޭ ނަމާދެކެވެ.
ދަމު ނަމާދުގެ ވަގުތަކީ ޢިޝާ ނަމާދުން ފެށިގެން ފަތިސްވުމާއި ދެމެދެވެ. އެންމެ ރަނގަޅުވަގުތަކީ ރޭގަނޑުގެ 3 ބައިން ފަހުބައިގައެވެ. ނަމަވެސް އެ ވަގުތު ނުހޭލެވޭނެ މީހުން ނިދުމުގެ ކުރިން ކުރި ނަމަވެސް ސަވާބު ލިބޭނެ އެވެ. ލިބޭ މިންވަރު މަދުވެދާނެއެވެ. ދަމުނަމާދު ނުކުރައްވައި އަވަހާރަފުޅު ނުލެއްޕެވުމަށް އަބޫހުރައިރާ (ރޢ) އަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަމުރުފުޅު ކުރެއްވެވިއެވެ.
ގުޅުންހުރި ވީޑިއޯ: