"ސުބްހާނަﷲ ވަބިޙަމްދިހީ" ކިޔައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ރުކެއް އިންދޭނެއެވެ. (އިމާމް ތިރްމިޛީ)
"ލާޙައުލަވަލާ ޤުއްވަތަ އިއްލާބިﷲ" އަކީ ސުވަރުގޭގެ ޚާޒާއިންވާ ކަލިމަތަކެކެވެ. (ޞަޙީޙް ބުޚާރީ)
"ސޫރަތުލްއިޚްލާޞް (ޤުލްހުވަﷲ) 10 ފަހަރު ކިޔަވާށެވެ. އެމީހަކަށްޓަކައި މާތްﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވަވާނެތެވެ." (އިމާމް އަޙްމަދު)
މިފަދަ ލުއި ގޮތްތަކުން ސުވަރުގޭގައި މަތީ ދަރަޖަތައް ލިބޭނެކަމުގެ އުފާވެރި ޚަބަރުތައް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ދެއްވަވައިފައެވެ. މިފަދަ ނިޢުމަތްތައް ލިބިގަތުމަށްޓަކައި ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ މާތްﷲ އަންގަވާފައިވާ މަގުގައި ސާބިތުވުމެވެ. ފަރުޟު ނަމަދާއި ސުންނަތް އަޅުކަމުގައި ސާބިތުވެ ހުރުމެވެ. މާތްﷲ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުވެހުރުމެވެ.