ކަމާލް ގެ ވާހަކަ އެނގުމަށްފަހު، ތިބާ ނަމާދު އަޅަނީ ކޮން އުޒުރަކާއިއެކުތޯ ސުވާލުކޮށްލާ!

ކިޔުމަށް ހޭދަވާނީ 2މ 23ސ
ކަމާލް ގެ ވާހަކަ އެނގުމަށްފަހު، ތިބާ ނަމާދު އަޅަނީ ކޮން އުޒުރަކާއިއެކުތޯ ސުވާލުކޮށްލާ!
ތިބާގެ އަތްފައި ސަލާމަތުން ހުރެ، ހުރިހާ ގުނަވަނެއް ވެސް ފުރިހަމައަށް މަސައްކަތް ކުރާއިރު، ތިބާ ނަމާދު އަޅަނީ ކީއްވެ ހެއްޔެވެ؟ ތިބާގެ އުޒުރަކީ ކޮބާ ހެއްޔެވެ؟

ވީޑިއޯ އިން ތިޔަ ފެންނަ ފިރިހެން މީހާގެ ނަމަކީ ކަމާލް އެވެ. އޭނާއަކީ ޔަމަނުގެ މީހެކެވެ. އޭނާއާއި އެހެން މީހުންނާއި އޮންނަ ތަފާތު ކަމަކީ ކޮބާ ހެއްޔެވެ؟ ކަމާލް އަކީ ރަނގަޅަށް ނުހިނގޭ، ރަނގަޅަށް ވާހަކަވެސް ނުދެއްކޭ މީހެކެވެ.

ނަމަވެސް ކޮންމެ ދުވަހަކު ފަތިސް ނަމާދު ފިޔަވާކޮންމެ ނަމާދަކަށް ވެސް އޭނާ މިސްކިތައް ދެއެވެ. ފަތިސް ނަމާދަށް މިސްކިތައް ނުދެވެނީ، އޭނާގެ ބަލިހާލުގެ ގޮތުން، އޭނާގެ އާއިލާ އޭނާ ދިޔަނުދޭތީއެވެ. އެއީ ފިނި ވަގުތަކަށްވާތީ، އޭނާއަށް ފިނިވެ ބޮޑަށް ބަލިވާނެތީއެވެ. އަހަރުމެންނަށް ފަތިސް ނަމާދަށް ދެވޭނެއިރު ވެސް، ނުދަނީ ކީއްވެ ހެއްޔެވެ؟

ބައެއް ދުވަސް ދުވަހު ފިރުކިފައި ވެސް ކަމާލް މިސްކިތައް ވަދެއެވެ. ވަރުބަލިވި ކަމުގައި ވިޔަސް، ނަމާދުގެ އެންމެ ފުރަތަމަ ތަކުބީރު އިމާމު މީހާ ކިޔުމުގެ ކުރިން، އޭނާ ނަމާދު ކުރަން ސަފަށް އަރައެވެ. އަދި ނަމާދު ގާއިމު ކުރުމަށްފަހު ޤުރުއާން ވެސް ކިޔަވައެވެ.

އެހިސާބުން ނިމުނީކީ ނޫނެވެ. ކޮންމެ ދުވަހަކު މަޣްރިބު ނަމާދަށްފަހު ނުހަނު ދަތި އުނދަގުލާއިއެކީ، މިސްކިތުގެ ދެވަނަ ފަންގިފާލާއަށް ސިޑިން އޭނާ އަރައެވެ. ދެވަނަ ފަންގިފިލާގައި ހިނގަނީ ޚާއްސަ ކޮން ކަމެއް ހެއްޔެވެ؟

އެތަނުގައި އޮންނަނީ ކީރިތި ޤުރްއާން ހިތުދަސްކުރުމަށް މީހުން މަސައްކަތް ކުރާ ޖަލްސާއެވެ. އޭނާ އެމީހުންނާއި ބައިވެރިވަނީ ޤުރްއާން ހިތުދަސް ކުރެވޭތޯ މަސައްކަތް ކުރުމަށެވެ. ކަމާލް އަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. އެހެންނަމަވެސް އޭނާ ބޭނުން ވަނީ ކީރިތި ޤުރްއާން ހިތުދަސް ކުރާށެވެ. (މާ-ޝާ ﷲ)

ޝެއިޚް މިޝަރީ އަލް-ޚަރާޒް ވަނީ ކަމާލް އާއި ބައްދަލު ކުރައްވާ އޭނާގެ ހާލު އަހުވާލު އޮޅުން ފިލުވާ ވާހަކަ ދައްކަވާފައެވެ. އޭނާގެ ގެ ހާލު ކިހިނެއްތޯ ޝެއިޚު އެހުމުން، ކަމާލް ބުނެފައިވަނީ "އަލްޙަމްދުލިﷲ" އެވެ.

ޝެއިޚް ގާތު ކަމާލް ބުނީ އޭނާ ކޮންމެ ދުވަހަކު ވެސް މިސްކިތައް އަންނަ ކަމަށާއި ބައެއް ދުވަސް ދުވަހު ބަންގި ގޮވުމުގެ ކުރިން ވެސް މިސްކިތައްދާ ކަމަށެވެ.

ކަމާލް ގެ ފައިތިލަ ފެނިފައި އޭނާގެ ފައިގާ ވަރަށް ރިއްސާނެކަން ޝެއިޚް އަލް-ޚަރާޒް އަށް އަންދާޒާ ކުރެވުނެވެ. މިސްކިތުގައި އެވަގުތު ހުރި އެހެން މީހަކު ބުނިގޮތުގައި، ކަމާލް އަރާ ބޫޓު އަދި ފައިވާން ވެސް ވަރަށް ފަސޭހައިން ހަލާކުވެއެވެ. އެފަދަ ދަތިހާލުގައާއި ވޭނުގައިވެސް ކަމާލް މިސްކިތައް ދަނީ ކީއްވެ ހެއްޔެވެ؟ މާތް ﷲ ދެކެ އޭނާ އިންތިހާއަށް ލޯބިވާތީއެވެ. ނަމާދު އަޅަން ބޭނުން ނުވާތީއެވެ.

ޢިޝާ ނަމާދު ނިމުމުން ކަމާލް ގެއަށް ދެއެވެ. ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން އޭނާއަށް އެކަނި ގެއަށް ދާކަށް ނޭނގެއެވެ. އެހެންކަމުން އަބަދުވެސް އޭނާ ގެއަށް ދަނީ މިސްމިތުން ކޮންމެވެސް މީހެއްގެ އެހީތެރިކަމުގައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން