މާތް ﷲ ގެ ޙަޟްރަތުގަ ނަމާދު ފުރިހަމަ ގޮތުގަ ކުރަން ބޭނުންނަނަމަ ޢާއިލާއެކުގަ މި ދަރުސް އަޑުއަހާލުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މާތް ﷲ ގެ ޙަޟްރަތުގަ ނަމާދު ފުރިހަމަ ގޮތުގަ ކުރަން ބޭނުންނަނަމަ ޢާއިލާއެކުގަ މި ދަރުސް އަޑުއަހާލުން މުހިންމު!
ނަމާދަކީ މުނާޖާއެވެ. މުނާޖާގެ މާނައަކީ "އަމިއްލަ މަޝްވަރާ" ނުވަތަ ސިއްރުން ކުރެވޭ މަޝްވަރާއެވެ. ސިއްރުން ދެކެވޭ ވާހަކަތަކެކެވެ.

ސިއްރުން މާތް ﷲ އަށް ދެންނެވޭ ދެންނެވުންތަކެކެވެ. މާތް ﷲ އާއި ތިބާ އާއި މެދު ސިއްރުން ކުރެވޭ މުޢާމަލާތްތަކެކެވެ.

ނަމާދުގެ ވަގުތުގައި މާތް ﷲ ނޫން ފަރާތަކާއި އެއްވެސް މުއާމަލާތެއް ނުކުރަމުއެވެ. ކައި ބޮއި ނުހަދަމުއެވެ. ނަމާދުން ބޭރު ވާހަކަ ދެއްކުމުން ނަމާދު ބާޠިލުވެއެވެ. މިހުރިހާ ކަންކަން މިގޮތަށް އައިސްފައި މިވަނީ ނަމާދުގެ ވަގުތަކީ ތިބާ އާއި މާތް ﷲ އާއި ދެމެދުގައި ޚާއްޞަކުރެވޭ ވަގުތަކަށް ހެދުމަށެވެ. އެހެން އެއްވެސް ކަމެއް އެދެމެދަށް ވަނަ ނުދިނުމަށްޓަކައެވެ.

ޒައިނުލްޢާބިދީން ވުޟޫކުރައްވަވަން ހުންނަވާއިރު މޫނު ފުޅުން ދައު ތިޖި އޮހޮރެއެވެ. އެކަމާއިމެދު ސުވާލުކުރުމުން ވިދާޅުވިއެވެ. "އަހަރެން ކަންބޮޑުނުވާންވީ ކީއްވެގެން ހެއްޔެވެ. އަހުރެން މި ތައްޔާރުވަނީ އަހުރެންގެ ވެރި މާތް ﷲ އާއި ކުރިމަތިލުމަށެވެ."

ނަމާދަށް ތައްޔާރުވުމުގައިވެސް މިފަދައިން މާތް ﷲ އަށް ބިރުވެތިވާންޖެހެއެވެ. ތިމާ ކުރަން މިއުޅެނީ ކޮންފަދަ ބޮޑުކަމެއްކަން ހިތަށް ގެންނަން ޖެހެއެވެ.

ނަމާދަށް ފަށަމުން "ﷲ އަކްބަރު" ކިޔާ ވަގުތުން ފެށިގެން އެހުރެވެނީ މިދުނިޔޭގައި ކަމަށް ނުވިސްނާށެވެ. އެހިސާބުން ތިމާއަށް އެ ހުރެވެނީ "ޚާއްޞަ ސަރަހައްދެއްގަ" އެވެ.

"ﷲ އަކްބަރު" ކިޔުމަށްފަހު ދުނިޔަވީ ކަންކަން މަތިން ހަނދާން ކުރާނަމަ އެ ޚާއްޞަ ސަރަހައްދުން ބޭރުވެވެވެނީއެވެ.

ތިބާ ކުރާނަމާދަކީ މާތް ﷲ ގެ ޙަޟްރުތަކުގައި "ރީތި" ނަމާދަތަކަށް ހަދަން ބޭނުންނަމަ ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަކަމެއްގެ ގޮތުން ތިބާ ތާހިރުވެ ޠޯހިރުވާން ޖެހެއެވެ.

ނަމާދަށް ދިއުމުގައި ބޭނުންކުރަންވާނީ ނުވަތަ ނަމާދަށް ދާން ލާންޖެހޭނީ އަތުގައި ހުރި އެންމެ ރީތި ހެދުމެވެ.

މިސްތަކުންގެ ކުރިމަތީގައި ތަޤްރީރެއް ކުރުން ފަދަ ކަމެއް ކުރާނަމަ އަތުގައި ހުންނަ އެންމެ ރީތި ހެދުން ލަމުއެވެ. އެއް ބޭނުމަކީ ތިމާގެ ޝަޚްޞިއްޔަތު ހާމަކުރުމެވެ. އެއްވެސް މީހަކު ކުޅިވަރު ކުޅޭ ހެދުމެއްގައި ޕޯޑިއަމަކަށް ނާރާނެއެވެ.

ވިސްނައިލާށެވެ. ނަމާދަށް ތިބާ ތިއަ ދަނީ މާތް ﷲ ގެ ޙަޟްރަތަށް ކުރިމަތިލުމަށެވެ. ތިބާގެ ޝަޚްޞިއްޔަތު ދެއްކުމަށް އެއަށްވުރެ މުހިންމު ފަރާތެއްވޭ ހެއްޔެވެ؟

ޚަބަރުގައިވާ ވީޑިއޯއަކީ ޢާއިލާ އެކުގައި ތިބެގެން ބަލައިލަން ވަރަށް މުހިންމު ދަރުސެކެވެ. ނަމާދުކުރުމުގައި އަމަލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ބަޔާންކޮށްދެއްވަވާފައިވާ ދަރުސެކެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން