ﷲ ގެ އަދާވާތްތެރިންގެ ދިފާއުގަ ޖަމާއަތްތައް ނުކުންނާނެ- އަޑުއަހާކަށް ނުޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ﷲ ގެ އަދާވާތްތެރިންގެ ދިފާއުގަ ޖަމާއަތްތައް ނުކުންނާނެ- އަޑުއަހާކަށް ނުޖެހޭ!
މާތް ﷲ ގެ އެންމެ ބޮޑެތި އަދާވާތްތެރިންނަކީ ފާފަކުރާ މީހުންނެއް ނޫނެވެ. މާތް ﷲ ގެ އެންމެ ބޮޑެތި އަދާވާތްތެރިންނަކީ މާތް ﷲ ޤަބޫލުނުކުރާ މުޝްރިކުންނެވެ. އިސްލާމް ދީން ނޫން އެހެން ދީންތައް މަތިވެރިކުރަން މަސައްކަތްކުރާ މީހުންނެވެ. ރާއްޖެއަށް ބަލައިފިނަމަ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ގޮވާލާ މީހުންނެވެ.

މާޒީއަށް ބަލައިފިނަމަ މިފަދަ ކޮންމެ މުޝްރިކެއްގެ ފަހަތުން މުޝްރިކުންގެ ބައިގަނޑުތައް ނުކުމެއެވެ. މާތް ﷲ ގެ އަދާވާތްތެރިންގެ ހިމާޔަތުގައި އަޑު އުފުލައެވެ. އދ އާއި އެހެން ވެސް ޖަމާއަތްތަކުގެ ޤަރާރުތަކުގެ ވާހަކަތައް ދައްކައެވެ.

މިފަދަ ފަރާތްތަކަށް އައްޝައިޚް ޢަލީ ޒައިދު ވަނީ ވަރަށް ފުރިހަމަ ރައްދެއް ދެއްވައިފައެވެ. ޝައިޚް ޢަލީ ޒައިދުވަނީ އދ ވަނީ މާތް ﷲ އަށްވުރެ މަތީގައިތޯ ސުވާލު އުފައްދަވައިފައެވެ. މާނައަކީ މާތް ﷲ ގެ ޙުކުމްފުޅުތައް ބަދަލުކުރުމުގެ އެއްވެސް ބާރެއް އދ އަށް ވެސް އަދި އެހެން ޖަމާއަތަކަށްވެސް ނުއޮންނާނެއިރު މާތް ﷲ ގެ ޙުކުމްފުޅުތަކާއި ދެކޮޅަށް އދ އިން ފާސްކުރާ އެއްވެސް ޤަރާރަކީ މުސްލިމުން އެއަށް އަމަލު ކުރަން ޖެހޭނެ ޤަރާރެއް ނޫން ކަމެވެ.

ރާއްޖޭގައި އެހެން ދީންތަކަށް ގޮވާލާ އަދި އެހެން ދީންތައް ފަތުރަން އުޅޭ މީހުންނަށް ދޭން އިސްލާމްދީނުގައި ބަޔާންވެގެންވާ އަދަބު ސައުދިއަރަބިޔާގައި ގެންދަނީ ތަންފީޒުކުރަމުންނެވެ. މުޖުތަމައު ފަސާދަކުރަން އުޅޭ މީހުންނަށް މަރުގެ އަދަބު ދަނީ ދެމުންނެވެ.

ރާއްޖޭގައި މަރުގެ އަދަބު ދޭންޖެހޭ ފުރަތަމަ ބައަކީ ރާއްޖެއިން އިސްލާމް ދީން ނައްތައިލަން މަސައްކަތްކުރާ މީހުންނެވެ. ރާއްޖޭގައި ވަޅިން ކަތިލެވޭ މީހަކަށް 100 މީހުން މިހާރުވެސް ވަނީ އިސްލާމް ދީނާއި ދުރުކޮށްފައެވެ. ރަނގަޅަށް ބަލައިފިނަމަ މިއަދަދު މިއަށްވުރެވެސް ވާނީ ގިނަވާނެއެވެ. އެހެންކަމަށްވާއިރު ނުރައްތާކެރިކަން ބޮޑީ ޝައިޠާނާގެ އިންސާނީ އެޖެންޓުންކަން އެއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.

ރާއްޖޭގައި އެހެން ދީންތައް ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ޝައިޠާނާގެ އެޖެންޓުންތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް މާތް ﷲ އެންގެވި ގޮތުގައި ނުއަޅާނަމަ އެކަމުގެ ޒިންމާ އުފުއްލަވަން ވަލިއްޔުލްއަމުރަށް ޖެހިވަޑައިގަންނަވާނެއެވެ. އެއީ އެއްވެސް މީހަކު ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ.

ޝައިޠާނީ އެޖެންޓަކު ފައުޅުވުމުން، އެމީހެއްގެ މައްސަލަތައް ބަލަން ފެށުމުން ޝައިޠާނީ އެޖެންޓުންތަކުގެ ޖަމާއަތްތަކުން އެމީހުންގެ ބައިވެރިންގެ ދިފާޢުގައި އަބަދުވެސް ނުކުމެއެވެ. އަޑުއުފުލައެވެ. ގޮވާލުންތައް ގޮވާލައެވެ. އެއީ އައުކަމެއް ނޫނެވެ. މުސްލިމުންނަކީ އެފަދަ އަޑުތައް އަހަންޖެހޭ ބައެއް ނޫނެވެ. އެފަދަ އަޑުތައް އަހައި އިޖާބަ ދިނުމެއް އިސްލާމް ދީނަކު ނެތެވެ.
މިއަދު އޮންލައިން