މުސްލިމެއް ކަމަށް ބުނުމުން ސުވަރުގެ ވަދެވޭނެ ކަމަށް ހީކުރިނަމަވެސް އެކަމެއް ނުވާނެ - އިމްތިހާނުތަކުން ފާސްވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މުސްލިމެއް ކަމަށް ބުނުމުން ސުވަރުގެ ވަދެވޭނެ ކަމަށް ހީކުރިނަމަވެސް އެކަމެއް ނުވާނެ - އިމްތިހާނުތަކުން ފާސްވާންޖެހޭނެ!
ބައެއް މީހުން ހީކުރަނީ ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައިލުމުން ނުވަތަ ތިމަންނާއަކީ މުސްލިމެއް ކަމަށް ބުނުމުން ސުވަރުގެ ވަދެވޭނެ ކަމަށެވެ. ނަމަވެސް ސުވަރުގެ ވަނުމަށް އެވަރަކުން ނުފުދެއެވެ. އިތުރު އިމްތިހާންތަކުން ފާސްވާންޖެހެއެވެ.

އެކަން މާތް ﷲ ވަނީ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވައިފައެވެ. މާތް ﷲ ގެ އިމްތިޙާންތައް ބައެއް މީހުންނަށް ކޮންމެ ދުވަހަކު ވެސް ކުރިމަތިވެއެވެ. ދުވާލަކު އެތައް ފަހަރަކުވެސް ކުރިމަތިވެއެވެ. ހަމައެއާއިއެކު ބައެއް މީހުންނަށް ވަރަށް ގިނަ ދުވަސްތަކަކުން ވެސް ކުރިމަތިވެއެވެ.

މި އިމްތިހާންތަކުން ފާސްވެވޭނީ މާތް ﷲ އެންގެވި ގޮތުގައި އަމަލުތައް ކުރަމުން ގެންދާ މީހުންނަށެވެ. ސާބިތު ކަމާއިއެކު ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބޭ މީހުންނަށެވެ.

ފުރިހަމަ މުސްލިމުން އެއްވެސް ކަމެއްގައި މަޔޫސްއެއް ނުވާނެއެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ މާތް ﷲ ގެ ޙަޟްރަތުންކަން ޔަޤީންކުރާނެއެވެ. ކޮންމެ މުޞީބާތެއް، ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް މާތް ﷲ އާއި ގާތްވުމަށް އިތުރަށް ގަދައަޅައި މަސައްކަތްކުރާނެއެވެ.

ކެތްތެރިކަމަކީ މުއިމިނެއްގެ ކިބައިން ހުރުން އެންމެ މުހިންމު އެއް ސިފައެވެ. މާތް ﷲ "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކު" ކަމަށް ވަހީ ކުރައްވަވާފައި އެވަނީ ކެތްތެރިކަމުގެ ސިފައިގެ މުހިންމުކަން ބޮޑުކަމުންނެވެ.

ގުޅުން ހުރި ވީޑިއޯ:
މިއަދު އޮންލައިން