މާލޭގައި ހުންނަ އިންޑިއާގެ ޘަޤާފީ މަރުކަޒުން އުރުދޫ ބަސް ކިޔެވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.
އެ މަރުކަޒުން ބުނީ ކޯހުގައި އުރުދޫބަހުން ވާހަކަ ދެއްކުމާއި ލިޔެ ކިޔަންވެސް ދަސްކޮސްދޭނެ ކަމަށާއި ކިޔަވައިދޭނީ ތަޖުރިބާހުރި ޓީޗަރަކު ކަމަށެވެ.
ކްލާސްތައް ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ކިޔަވައިދެނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޭގަނޑު 8:30 އިން 9:30 އަށެވެ.
ކޯހާއިބެހޭ ގޮތުން އިތުރު މައުލުމާތު ސާފުކުރަން ބޭނުންނަމަ މަރުކަޒުގެ ޑިރެކްޓަރު މުޙައްމަދު ޚާލިޤް (ފޯން 7828094) އަށް ގުޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.