މަސްޖިދުއްނަބަވީގައި ހުރި ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ގެ މިޙްރާބްކޮޅުގައި ހުރިހާ ނަމާދެއް ކުރަން ހަމަޖައްސައި ނަމާދުކުރަން ފަށައިފިއެވެ.
މިހްރާބްކޮޅުގައި މިއަދުގެ މެންދުރު ނަމާދު އިމާމުވެ ކޮށްދެއްވީ ޝައިޚް ޢަބްދުﷲ ބިން ޢަބްދުއްރަޙްމާން އަލް ބައިޖަންއެވެ.
މިހްރާބުކޮޅުގައި ނަމާދުކުރުން ހުއްޓާލައި 25 އަހަރުވީ ފަހުން ދާދިފަހުން ނިންމީ ހުކުރު ނަމާދާއި ޢީދު ނަމާދު މިޙްރާބްކޮޅުގައި ކުރުމަށެވެ.
ނަމަވެސް އެ ނިންމުން ބަދަލުކޮށް މިހާރު ވަނީ ފަރުޟު ފަސް ނަމާދު ކޮންމެ ދުވަހަކުވެސް މިހްރާބްކޮޅުގައި ކުރަން ނިންމައިފައެވެ.
މިޙްރާބްކޮޅު ހުންނަނީ މިބިންމަތީގައިވާ ސުވަރުގޭގެ ބިންކޮޅު ކަމަށްވާ އަލްރަވްސާ އަލްޝަރިފާގައެވެ. މިސްކިތްކޮޅަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް އެ ބިންކޮޅުގައި ނަމާދުކޮށް ދުޢާކުރަން މަސައްކަތްކުރެއެވެ.