މާތް ﷲ ގެ ބަރަކާތަށް އެދޭނަމަ ބިސްމިﷲ ނުކިޔާ ނުފަށާތި- މާތް ﷲ ބަރަކާތެއް ނުލައްވަވާނެ- އިހްމާލް ނުވޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މާތް ﷲ ގެ ބަރަކާތަށް އެދޭނަމަ ބިސްމިﷲ ނުކިޔާ ނުފަށާތި- މާތް ﷲ ބަރަކާތެއް ނުލައްވަވާނެ- އިހްމާލް ނުވޭ!: މުފްތީ މެންކް
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅު ވަރަށް ސާފެވެ. "ކަމެއް ކުރަންފަށާއިރު މާތް ﷲ ގެ ނަންފުޅު ނުގެން ފަށައިފިނަމަ އެކަމެއްގައި މާތް ﷲ ބަރަކާތް ލައްވަވާނެ ކަމަށް އުންމީދު ނުކުރާށެވެ.

ބިސްމިﷲ ކިޔުމަށްފަހު ކަންކަން ކުރަން ފެށުމުގައި ގިނަ ބައަކު މިހާރު ދަނީ އިހްމާލްވަމުންނެވެ. އެއީ އެކަންކުރުމުގެ މުހިންމުކަން ނުއެނގޭތީއެވެ.
ބިސްމިﷲ ކިޔަގެން ފަށަންވީ ހަމައެކަނި އަޅުކަމެއް ނޫނެވެ. ދިރިއުޅުމުގައި ކުރާ ކޮންމެ ކަމެކެވެ. ކޮންެ ކަމެއް ކުރަން ފެށި ނަމަވެސް ބިސްމިﷲ ކިޔަންޖެހެނީ އެކަމަކުން ލިބެންޖެހޭ ހަޤީޤީ ކުރިއެރުމާއި ކާމިޔާބު މިންވަރުފުޅު ކުރައްވަވާ ފަރާތަކީ މާތް ﷲ ކަމަށްވާތީއެވެ.

ބައެއް މީހުން ވަރަށް ގިނައިން ކައެވެ. އެހައި ގިނައިން ކާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ ކައި ބޮއިހަދާތަކެތީގައި މާތް ﷲ ބަރަކާތް ނުލައްވަވާތީއެވެ.

ތިބާއަކީ ތަނެއްގެ މުވައްޒިފަކަށްވެދާނެއެވެ. އަދި އަމިއްލަ މަސައްކަތެއް ކުރާ މީހަކަށްވެސް ވެދާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ދުވަހުގެ އެއްވެސް މަސައްކަތެއް ބިސްމިﷲ ނުކިޔައި ނުފަށާށެވެ. ފަތިހު ތެދުވީންސުރެއެވެ.

ނިދިން ހޭލެވުމާއިއެކު ފުތަމަވެސް ބިސްމިﷲ- އަލްޙަމްދުﷲ ކިޔުމަށްފަހު ފަށާށެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލާ ވަގުތުވެސް މެއެވެ. ކޮންމެ ކަމެއް ކުރަން ފަށަމުންނެވެ.

މުސްލިމުންގެ މެދުގައި ސަލާންކުރުމާއި ބިސްމިﷲ ކިޔުން މިދަނީ ނެތެމުންނެވެ. އެހެން ނަހަދާށެވެ. މިފަދަ ކުދިކުދި ކަންކަމަކީވެސް އެތައް ތިބާގެ ހިސާބު ބެލެވޭ ވަގުތުގައި މީޒާނަށް ހެޔޮކަން ހާދަ ބުރަވެގެންދާނެ ކަންކަމެވެ. ފަރުވާ ކުޑަނުކުރަމާ ހެއްޔެވެ؟

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން