މިޢުރާޖުގެ ދަތުރުފުޅުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް މާތް ﷲ ބާވައިލެއްެވެވީ 50 ނަމާދެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އެދިވަޑައިގަތުމަށް 5 ނަމާދަށް މަދުކޮށްދެއްވެވީއެވެ. 50 ނަމާދުގެ ބަރަކާތާއިއެކުގައެވެ.
މިކަމުން އެނެގެނީ މާތް ﷲ މީސްތަކުން އުފެއްދެވީ ނަމާދުކުރަން ކަމެވެ. 50 ނަމާދު އެގޮތުގައި ވާޖިބުވެފައި އޮތް ނަމަ ކޮންމެ 20 ވަރަކަށް މިނިޓުން (28.8 މިނިޓަކުން) ނަމާދެއް ކުރަންޖެހޭނެއެވެ. މީސްތަކުންނަށް އޮންނާނީ ވުޟޫޢު ކުރުމާއި ނަމާދުކުރުމެވެ. އެހެން އެއްވެސް ކަމެއް ކުރާނެ ވަގުތެއް ނުލިބޭނެއެވެ.
މާތް ﷲ ގެ ޙަޟްރަތުގައި ނަމާދުގެ މުހިންމުކަން މިހައި ބޮޑެވެ. އެކަން މާތް ﷲ އެވަނީ އަންގަވައިދެއްވައިފައެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް މިކަންކަން ޤަބޫލެއް ނުކުރެވެއެވެ. ސުންނަތް ނަމާދެއް ނުކުރެވޭތަނުގައި ފަރުޟު ނަމާދުވެސް ނުކުރެއެވެ.
އެހެން ނުހަދާށެވެ. މާތް ﷲ އަރެމެންނަށް ދެއްވެވި ނިއުމަތްތައް މަތިން ހަނދާންކުރާށެވެ. އަހަރެމެން ދުނިޔެއަށް ފޮނުއްވެވި ސަބަބު ހަނދާންނައްތައިނުލާށެވެ. އެ ވާޖިބު އަދާކުރަން މަސައްކަތްކުރާށެވެ.
ގުޅުންހުރި ވީޑިއޯ: