ފުއްޕާމޭގެ ބަލިތަކަށާ ކެންސަރަށް ޚާއްޞަ މަރުކަޒް އައިޖީއެމްއެޗްގަ އިފްތިތާޙްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ފުއްޕާމޭގެ ބަލިތަކަށާ ކެންސަރަށް ޚާއްޞަ މަރުކަޒް އައިޖީއެމްއެޗްގަ އިފްތިތާޙްކޮށްފި
ރާއްޖޭގައި ހޮސްޕިޓަލެއްގެ ޚިދުމަތްދޭން ފެށިތާ 70 އަހަރު ފުރުން ފާހަގަކުރުމާއި ގުޅުވައިގެން ފުއްޕާމޭގެ ބަލިތަކަށް ޚާއްޞަ ޚިދުމަތްތަކާއި ކެންސަރުގެ ބަލިތަކާއިބެހޭ މަރުކަޒެއް އައިޖީއެމްއެޗްގައި އިފްތިތާޙްކޮށްފިއެވެ.

ރާއްޖޭގައި ހޮސްޕިޓަލުގެ ހިދުމަތް ދޭން ފެށިތާ 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ އެނދުމަތިކޮށްފައި ތިބި ބަލިމީހުންނަށް މޭވާ ބަހައިފައެވެ. އަދި ގުރައިދޫ ރައްޔިތުންނަށް ޞިއްޙީ މިންގަނޑު ބަލައިދިނުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގުރައިދޫ މަރުކަޒުގައި ތިބި މީހުންނާއިއެކު މާދަމާ ހަވީރެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެމަރުކަޒުގައި ތިބޭ މީހުން ބަލަހައްޓަންވީ ގޮތުގެ ތަމްރީނު ވޮލަންޓިއަރުންނަށާއި އައިޖީއެމްއެޗްގެ މުވައްޒިފުންނަށް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ލޮލާއި ދަތުގެ ޗެކަޕް ހަދައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން