ކަނބާ ގަނޑުވަރު ހަސްފަތާލް ހުޅުވީ 1948 ގަ- އައިޖީއެމްއެޗް ހުޅުވީ 1995 ގަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކަނބާ ގަނޑުވަރު ހަސްފަތާލް ހުޅުވީ 1948 ގަ- އައިޖީއެމްއެޗް ހުޅުވީ 1995 ގަ
ރާއްޖޭގައި ހުޅުވި ފުރަތަމަ ހޮސްޕިޓަލް ނުވަތަ ޑޮކްޓަރުގެ ހުޅުވީ 11 ޖަނަވަރީ 1948 ގައެވެ.

ކަނބާ ގަނޑުވަރު ހަސްފަތާލުގެ ނަމުގައި ރާއްޖޭގައި ފެށި ސަރުކާރުގެ ހޮސްޕިޓަލުގެ ނަން ފުރަތަމަ ބަދަލުކުރީ މޯލްޑިވްސް ގަވަރަންޓް ހޮސްޕިޓަލުގެ ނަމަށެވެ. ދިގު މުއްދަތެއްގައި ޚިދުމަތް ދިނީ ސެންޓްރަލް ހޮސްޕިޓަލުގެ ނަމުގައެވެ.

އޭޑީކޭގެ މައި ހޮސްޕިޓަލް މިހާރުވެސް އެހުރީ ސެންޓްރަލް ހޮސްޕިޓަލުގެ ގޮތުގައި ޚިދުމަތްދިން އިމާރާތުގައެވެ. އެ އިމާރާތަކީ އިނގިރޭސި ދައުލަތުގެ ދީލަތި އެހިއެކެވެ. ސެންޓްރަލް ހޮސްޕިޓަލުގެ ނަން ދެވުނީ އެ އިމާރާތުގައި ހޮސްޕިޓަލް ހިންގަން ފެށުމުންނެވެ.

އެނަން ދެވުނީ ކީއްވެގެންކަން ރަސްމީ ގޮތުން އެނގެން ނެތް ނަމަވެސް އެނަން ދެވުނު ސަބަބަަކީ ރާއްޖޭގެ މައި ހޮސްޕިޓަލަކީ އެއީ ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ސެންޓްރަލް ބޭންކް ކިޔާ އުޞޫލުން ކަމަށް ބެލެވެއެވެ.

އައިޖީއެމްއެޗަކީ 15 އެޕްރިލް 1995 ގައި ހުޅުވި ތަނެކެވެ. އެހެންކަމުން އައިޖީއެމްއެޗަށް 70 އަހަރު ފުރިއްޖެ ކަމަށް ބަަލައިފިނަމަ އެކަން ވާނީ ތާރީޚީ ގޮތުން ވަރަށް ބޮޑު އޮޅުވައިލުމަކަށެވެ.

އައިޖީއެމްއެޗަކީ 1986 ވަނަ އަހަރު ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅައި ދިނުމަށް އެއިރުގެ ބޮޑުވަޒީރު ރަޖީވް ގާނދީއަށް ދެންނެވި ދެންނެވުމަކާއި ގުޅިގެން އަޅައިދިން ހޮސްޕިޓަލެކެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ބިންގާ އެޅީ 14 ޖަނަވަރީ 1990 ގައެވެ. 15 އެޕްރިލް 1995 ގައި ހޮސްޕިޓަލް ހުޅުއްވައި ދެއްވީ އެއިރުގެ ޔޫނިއަން މިނިސްޓަރ ފޮރ އަރބަން ޑިވޮލޮޕްމަންޓް ޝެއިލާ ކައުލް އެވެ.

25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާއިއެކު އައިޖީއެމްއެޗް އިތުރަށް ހުންނަންޖެހޭ ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މިއަދު އޮންލައިން