ތިބާ ޖަނަވާރަކަށް ތިއަވަނީ މަލާއިކަތުންނަށްވުރެ މަތީ ފުރުޞަތު މާތް ﷲ ދެއްވަވާފައި ވާއިރުވެސްހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ތިބާ ޖަނަވާރަކަށް ތިއަވަނީ މަލާއިކަތުންނަށްވުރެ މަތީ ފުރުޞަތު މާތް ﷲ ދެއްވަވާފައި ވާއިރުވެސްހެއްޔެވެ؟
މަލާއިކަތްބޭކަލުންނަކީ މާތް ﷲ އަމުރުފުޅު ކުރެއްވެވި ކަމެއް ނޫން ކަމެއް ކުރުމުގެ ފުރުޞަތު ދެއްވަވާފައިވާ ބައެއް ނޫނެވެ. ނަަމަވެސް އިންސާނުންނަށް މާތް ﷲ ވަނީ ވަރަށް ފުރިހަމަ މިނިވަންކަމެއް ދެއްވަވައި އިޚްތިޔާރުތަކެއްވެސް ދެއްވަވާފައެވެެ.

އެހެންކަމުން މާތް ﷲ އެންގެވި ގޮތުގައި މީސްތަކުން އަޅުކަންކުރުމުން، އަދި އަމަލުތައް ބަހެއްޓުމުން މަލާއިކަތްބޭކަލުންނަށްވުރެ މަތީ ދަރަޖައެއް އިންސާނުންނަށް އެބަލިބެއެވެ. އަޅުކަން ނުކުރުމާއި ކުރުމުގެ އިޚްތިޔާރު މާތް ﷲ މިންވަރުފުޅު ކުރެއްވެވުމުން އަޅުކަންކުރުން އިޚްތިޔާރުކުރީތީއެވެ. މާތްﷲ އަށް އަޅުކަން ނުކުރެއްވުމަކީ މަލާއިކަތް ބޭކަލުންނަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރަކަށް ނުވާތީއެވެ.

މިމަތިވެރި އިޚްތިޔާރާއިއެކު ޖަނަވާރެއްގެ ދަރަޖައަށް ވެއްޓިގަތުމުގެ އިޚްތިޔާރުވެސް މާތް ﷲ ވަނީ އިންސާނާއަށް ދެއްވަވައިފައެވެ.

"ޖަނަވާރުންނަށް އޮތް ކަމަކީ ކެއުމާއި ބުއިމާއި އިތުރު ދަރިން އުފެއްދުމެވެ. އިންސާނާ، އޭނާގެ މުޅި ހަޔާތް ކެއުމާއި ބުއިމާއި ދަރިން އުފެއްދުމުގައި ވޭތިކޮށްލައިފިނަމަ އިންސާނާގެ ދަރަޖަ، ޖަނަވާރުގެ ދަރަޖައަށްވުރެ ވެށްޓިގެން އެބަދެއެވެ. އެއީ އިތުރު ކަންތައްތަކެއް ކުރުމުގެ ބާރު މާތް ﷲ އިންސާނުންނަށް ދެއްވަވާފައިވާތީއެވެ."

ޝައިިޚާ ޔާސްމިންގެ ދަރުސަކުން

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން