ރާއްޖެ އާ އިންޑިއާގެ ޚާރިޖީ ވަޒީރުންގެ މަޝްވަރާތައް ބިނާކުރަނިވި- އިންޑިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖެ އާ އިންޑިއާގެ ޚާރިޖީ ވަޒީރުންގެ މަޝްވަރާތައް ބިނާކުރަނިވި- އިންޑިއާ
އިންޑިއާ އާއި ރާއްޖޭގެ ޚާރިޖީވަޒީރުންގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ.

އިންޑިއާ އިން މިއަދު ބުނީ ސުޝްމާ ސްވަރާޖް އާއި ޑރ. މުޙައްމަދު ޢާޞިމް އާއި ދެބޭފުޅުން މިއަދު މަޝްވަރާ ކުރެއްވެވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއިބެހޭ ގޮތުން ކަމަށާއި ކުރެއްވެވި މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. އެއިގެ މާނައަކީ ނަތީޖާ ނެރެވޭނެ މަޝްވަރާތަކެއް ކަމެވެ.

މަޝްވަރާތައް ކުރިއަށް ގެންދިއައީ ރާއްޖެއިން ޤަބޫލުކުރާ "އިންޑިއާ ފަސްޓް ޕޮލިސީ" އާއި އިންޑިއާ އިން ޤަބޫލުކުރާ "ނެއިބަރހުޑް ފަސްޓް ޕޮލިސީ"ގެ ތެރެއިން ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޑރ. ޢާޞިމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައިވަނީ މާދަމާއެވެ.



މިއަދު އޮންލައިން