ދުޢާކުރާއިރު ތިބާގެ ބައި އަދާކުރަމުތަ؟ ނޫނީ އެކަން ވާނީ ހެއްވާ ކަމަކަށް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދުޢާކުރާއިރު ތިބާގެ ބައި އަދާކުރަމުތަ؟ ނޫނީ އެކަން ވާނީ ހެއްވާ ކަމަކަށް: މުފްތީ މެންކް
ދުޢާ ކުރުމުގައި އަދަބުތަކެއް އެބަހުއްޓެވެ. އެގޮތުން ސުލައިމާންގެފާނު ދުޢާކުރެއްވެވި ގޮތް ކީރިތި ޤްއާނުން ފެންނަން އެބައޮތެވެ. އެންެމެ ފުރަތަމަވެސް އެދިވަޑައިގެންފައިވަނީ ކުރެއްވެވިފައިވާ ކުށްތަކަށް ޢަފޫކޮށްދެއްވެވުމަށެވެ. މިކަން ކީރިތި ޤްރްއާންގައި ވަޙީ ކުރައްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ އެކަން ދަސްކުރުމަށެވެ.

ދުޢާ ކުރުމާއި ހަމައަށް ދިއުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމަކީ މާތް ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ތަބައަވެގެންހުރުމެވެ. ފާފަތައް މިވަނީ އަހަރެމެން ވަށާލައިފައެވެ. މަގުމައްޗަށް ނުކުމެ ބަލައިލި ކޮންމެ ދިމާއަކުން މިފެންނަނީ ބެލުން ހުއްދަނޫން މަންޒަރުތަކެވެ. ނުބަލަން އިސް ތިރިކޮށްލާއިރު ފެންނަނީ މަގުމަތީގައި ވިއްކަން ބަހައްޓާފައި ހުންނަ ފޮތްތަކެވެ. ހަމައަނެއްކާވެސް އެފަދަ މަންޒަރުތަކެވެ.

އެހެންކަމުން މިކަންކަމުން ސަލާމަތްވުމަށް މަގުގައި ހިނގަންޖެހެނީ ކަށިހުރި ޖަންގައްޔެއްގައި ހިނގާފަދައިންނެވެ. ގަހެއްގެ ކަށްޓަކަށް ނުހެރި ސަލާމަތްވުމަށް ސަމާލުކަންދޭ މިންވަރަށް ސަމާލުކަންދީގެންނެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެއްވެސް ކަމެއް ކުރުމަށް މާތް ﷲ އާއި އެމާތް ނަބިއްޔާ އަމުރުފުޅު ކުރައްވަވައިފިނަމަ އެކަން ނުކުރުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެ ކަމަށާއި އެކަމެއް ޖެހޭނީ އެގޮތަކަށް ކުރަން ކަމަށެވެ.

މިއަދު އުފެދިގެން މިއުޅޭ މައްސަލައަކީ އެއްފަރާތަކަށް ބުރަވުމުގެ މައްސަލައެކެވެ. އަހަރެމެން މާތް ﷲ އަށް ދުޢާކުރަން އެބަ ބޭނުންވެއެވެ. ދުޢާ އިޖާބަކުރައްވަން އެބަ ބޭނުންވެއެވެ. ނަމަވެސް އަހަރެމެންގެ ފަރާތުން ކުރަންޖެހޭ ކަންކަން މިހުންނަނީ ނުކުރެވިއެވެ.

ބައިވަރު ކަންކަމުގައި އެބަ ދުޢާކުރަމުއެވެ. ބަލިތަކުން ސަލާމަތްވުމަށްވެސް ދުޢާކުރަމުއެވެ. ނަމަވެސް އެންމެ ކުޑަމިނުން މިއުޅެނީ ޢައުރަވެސް ނިވާ ނުކުރެވިގެންނެވެ.

ފަތިސް ނަމާދަށް ނުހޭލަމުއެވެ. ނަމަވެސް އޮފީހަށް ދިއުމަށް ކޮންމެ ގޮތަކުން ނަމަވެސް ހޭލަމުއެވެ.

ވިސްނައިލަބަލާށެވެ. ބައެއް މީހުން ފާހިޝް އަމަލުތައް ހިންގަން ދަމުން އެކަން ވަންހަނާކޮށްދެއްވައިތޯ އެބަ ދުޢާކުރެއެވެ. މި ކުރެވެނީ ކޮން ފަދަ ބޮޑު ލަދުވެތިކަމެއް ކަމެއް ހެއްޔެވެ؟

މީސްތަކުން ކުރާ ކޮންމެ ދުޢާއަކަށްވެސް މާތް ﷲ ޖަވާބު ދެއްވަވައެވެ. ބައެއް ދުޢާތައް ވަގުތުން އިޖާބަ ކުރައްވަވައެވެ. އަނެއްބައި ދުޢާ ތަންކޮޅެއް ފަހުން އިޖާބަކުރައްވަވައެވެ. އަނެއްބައި ދުޢާތައް އާޚިރަތް ދުވަހަށް ބަހައްޓަވައެވެ.

ގުޅުންހުރި ވީޑއޯ:
މިއަދު އޮންލައިން