"ބާރުގަދަ ލީޑަރަކު ޗައިނާގެ ވެރިރަށަކީ (ޒިމްބާބްވޭގެ ވެރިރަށް) ހަރާރޭ ކަމަށް ބުނެފި ނަމަ އެކަމަށްވެސް ދުނިޔެ މިދަނީ އުފަލުން ހީނ އަތްޖަހަމުންނެވެ. ނަމަވެސް ހަރަރޭ އަކީ ޗައިނާގެ ވެރިރަށަށް ހެދޭނީ ކިހިނަކުން ހެއްޔެވެ؟"
ދުނިޔޭގައި މައްސަލަތައް އިތުރުވެ ފުނިޖެހި މައްސަލަތަކުން ދުނިޔެ ފުރިއްޖެއެވެ. އަމިއްލަ ގޭތެރެއިން ފެށިގެން ދުނިޔޭގައި ހިނގާ ކޮންމެ ކަމަކަށް ބެލި ނަމަވެސް ފެންނާނީ މައްސަލަތަކުން ފުރިފައިވާތަނެވެ.
ޢާއިލީ މައްސަލަތަކެވެ. ތިމާގެ އަމިއްލަ މައްސަލަތަކެވެ. މުޖުތަމައުގެ މައްސަލަތަކެވެ. ޤައުމުގެ މައްސަލަތަކެވެ. ދުނިޔޭގެ މައްސަލަތަކެވެ. މިހެން ގޮސް ކޮންމެ ކަމެއްވެސް މިއަދު ވެފައި މިވަނީ ވަރަށް ބޮޑެތި މައްސަލަތަކަކަށެވެ.
ނަގާ ޓެކްސްތައް އިތުރުވަމުންދަނީއެވެ. ތަކެއްޗާއި ޚިދުމަތުގެ އަގުތައް އުފުލެމުންދަނީއެވެ. އެއްވެސް އެއްޗެއްގެ އަގު އުފިލިއްޖެނަމަ ތިރިއެއް ނުވެއެވެ. ތިރިކޮށްލައިފިނަމަ މަހެއްހައި ދުވަސްތެރޭ 3 ގުނައަށް އުފުލައިލާށެވެ. ބައިނަލްއަޤްވާމީ ތެލުގެ ބާޒާރަށް ބެލި ނަމަވެސް ފެންނާނީ މިފަދަ ކަންކަމެވެ.
ދުނިޔޭގައި މީހުން މެރުން ޢާންމުވަމުން ގޮސް މީހަކު، މީހަކު މެރުމަށްފަހު އެކަން ކުރި މީހާއަށް އެމީހާ މެރި ސަބަބު ބުނެދޭން ނުއެނގޭ ވަރަށް މީހުން މެރުން ޢާންމުވެގެންދާނެއެވެ. އެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.
މިއަދު މިކަމުގެ ހެކިތައް މިދަނީ ފެންނަމުންނެވެ. މިސާލަކަށް އެމެރިކާއަށް ބަލާށެވެ. މީހުން މެރުމުގެ ހާދިސާތައް ކޮންމެ ދުވަހަކު ދަނީ ހިނގަމުންނެވެ. ބައެއް ފަހަރު ބަޑި ޖަހައި އެތައް ބައަކު މަރަނީ ސިކުނޑި ހަމަނުޖެހޭ މީހުންނެވެ.
ބައަކު މަރައިފިކަމަށް ބުނާ އަޑު އިވޭ ކޮންމެ ފަހަރަކު އެކަން މުސްލިމުންގެ ބޮލުގައި އަޅުވަމުން ގެންދިއަ ނަމަވެސް މީހުން މެރުން ޢާންމުވެފައިވަނީ މުސްލިމުންގެ ތެރޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގައެވެ.
މިކަންކަން މިފަދައިން މެދުވެރިވަމުން މިދަނީ މައްސަލަތައް ހައްލުކުރުމަށް ކީރިތި ޤްރްއާނުގައި މާތް ﷲ ބަޔާންކުރައްވަވާފައިވާ ގޮތްތައް ދޫކޮށް އެމީހަކަށް ފެންނަ ގޮތަކަށް އަމަލުކުރަން ފެށުމުންނެވެ. ކީރިތި ޤްރްއާނުގައި މައްސަލައިގެ ހައްލަކީ އޭބީސީ ކަމަށް އޮތްނަމަ އަމަލުކުރަނީ އެކްސްވައިޒެޑަށެވެ.
ވިސްނައިލުން ކީއްހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރެއިން ހައްޖަށް ދާ މީހުންގެ ތެރެއިން މި އުންމަތަށްޓަކައި ދުޢާކުރަނީ ކީއްވެގެން ހެއްޔެވެ؟
ދުޢާއަކީ މުސްލިމުންގެ ހަތިޔާރެވެ. ކުރަންވީ ދުޢާތައް ޤްރްއާނުގައި މާތް ﷲ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ދުޢާ އަކީ މައްސަލަތަކުގެ ހައްލެވެ.
އަޅުގަނޑުމެންގެ ތެރެއިން މުސްލިމް އުންމަތަށްޓަކައި ދުޢާކުރަނީ ކިތައް މީހުން ނުވަތަ ލީޑަރުން ހެއްޔެވެ؟ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަވަހާރަފުޅުން ހޭފުޅު ލެއްވެވުމާއިއެކު އުންމަތަށް ހެޔޮ ދުޢާ ކުރެއްވެވިއެވެ. އުންމަތަށްޓަކައި ކީރިތި ކުރެއްވެވިއެވެ. މިއަދު މިފަދަ ކަމެއް ކުރަނީ ކާކުހެއްޔެވެ؟
ތިމާގެ ތަޤްވާވެރިކަން އިތުރުކުރަންވީ ހަމައެކަނި ތިމާގެ މައްސަލަތަކަށްޓަކައި އެކަންނެއް ނޫނެވެ. ދުނިޔޭގެ މައްސަލަތަކަށްވެސް މެއެވެ. ކެތްތެރިކަން އިތުރުކުރާށެވެ. ތިމާއަށް ކުރެވެން އޮތީ ކޮން ކަމެއް ކަމާއިމެދު ފުންކޮށްވިސްނާށެވެ. ތިމާއަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާށެވެ. މައްސަލަތައް ދާނީ ޙައްލުވަމުންނެވެ.
ގުޅުންހުރި ވީޑިއޯ: