ހާލުގަ ތިބި މީހުންނަށް އެހިވާނެ ބައަކު މަތިން ފައިބާނެ ކަމަށް ބަލައިގެން ނުތިބުމަށް ޝައިޚް އަޙްމަދު މައުމޫން ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހާލުގަ ތިބި މީހުންނަށް އެހިވާނެ ބައަކު މަތިން ފައިބާނެ ކަމަށް ބަލައިގެން ނުތިބުމަށް ޝައިޚް އަޙްމަދު މައުމޫން ގޮވާލައްވައިފި
އެކި ގޮތް ގޮތުން ހާލުގައިޖެހި އެހީތެރިކަމަށް ބޭނުންވެފައި ތިބި ބައަކަށް އެހީތެރިވުމަކީ އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި އެހީތެރިކަމަށް ބޭނުންވެގެން އަޅުގަނޑުމެންގެ ތެރޭގައި ތިބި މީހުންނަށް އެހީތެރިވާނެ ބައަކު މަތިން ނުފައިބާނެ ކަމަށް އައްޝައިޚް އަޙްމަދު މައުމޫން ވިދާލުވެއްޖެއެވެ.



އިސްލާމިކް މިނިސްޓްރީން މިރޭ ބޭއްވި ހުކުރު އުފާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް މައުމޫން މިމޭރުމުން ވިދާޅުވީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފައުޅުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.



ޝައިޚް މައުމޫން ވިދާޅުވީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އުޑުން މަލާއިކަތް ބޭކަލުން ފައިބާ ވަޑައިގެންނެވިފަދައިން ކޮންމެ ކަމަކާއި ގުޅިގެން މަލާއިކަތް ބޭކަލުން ފައިބައިވަޑައި ނުގަންނަވާނެ ކަމަށެވެ.



ޝައިޚް މައުމޫން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިސްލާމް ދީނުގައި ޚާއްޞަކަމެއް ދެވިގެންވާ ކަމަށެވެ. އެގޮތުން ބުއްދި ހަމަނުޖެހޭ މީހުން ކުރާ އަމަލުތައް ފަތުގައި ނުލިޔުއްވަވާނެ ކަމަށެވެ. ހަމަ އެއާއިއެކު އެހީތެރިކަމަށް ބޭނުންވެގެން ތިބޭ މީހުންނަށް އޯގާތެރިވާ މީހުންނަށް މާތް ﷲ އޯގާތެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިއަދު އޮންލައިން