ޑރ. ޝަހީމް ސިޔަސީ މައިދާނަށް ނުކުމެވަޑައިގެންފާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޑރ. ޝަހީމް ސިޔަސީ މައިދާނަށް ނުކުމެވަޑައިގެންފާނެ!
ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވެވުމަށްފަހު މިހާރު އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ސިޔާސީ މައިދާނުން ފެނިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.





މިކަމުގެ އެއްވެސް އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.

ޑރ. ޝަހީމް އަދާލަތު ޕާޓިން ވަކިވެވަޑައިގަތުމަށްފަހު ވިދާޅުވެފައިވަނީ މިވަގުތަށް ސިޔާސީ ހަރަކާތްތަކާއި ދުރަށްޖެހިވަޑައިގަތީ ކަމަށެވެ. ޑރ. ޝަހީމް އެންމެ ފަހުން ފެނިފައިވަނީ ދާދިފަހުން ޕީޕީއެމުން ގދ ތިނަދޫގައި ބޭއްވި ބޮޑު ޖަލްސާއިންނެވެ.

ޑރ. ޝަހީމް އަކީ އިސްލާމް ދީނުގެ ކަންކަމުގައި ހައްޤުބަސް ވިދާޅުވުމުގައި ވަރަށް ސާބިތުކަމާއިއެކު ދެމިހުންނަވާ ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީވެސް އެ ސާބިތުކަން ދައްކަވަމުންނެވެ.

ޑރ. ޝަހީމް އެންމެފަހުން ކުރެއްވެވި ޓްވީޓްގައި ވަނީ އަލް އިސްރާ ސޫރަރަތުގެ 80 ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ "އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ވެރި ރަސްކަލާކޯއެވެ! އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި މިއަޅާ ވައްދަވާނދޭވެ! އަދި އިނބަ ރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވާނދޭވެ! އަދި ނަޞްރު ދެނިވި ބާރެއް އިނބަރަސްކަލާނގެ ހަޟްރަތުން މިއަޅާއަށް ލައްވާނދޭވެ!"





ޑރ. ޝަހީމް އެންމެ ފަހުން ކުރައްވަވާފައިވާ މި ޓްވީޓުންވެސް އެމަނިކުފާނު ދެމިހުންނަވާނީ މާތްﷲ އަށް ޚިދުމަތްކުރައްވާ ޚާދިމެއްގެ ގޮތުގައިކަން އެނގިގެންދެއެވެ.

މިއަދު އޮންލައިން