ދުނިޔޭގެ ކަންކޮޅުތަކުގައި މިއަދު ކަންކަން ހިނގަމުމް މިދަނީ ދައްޖާލަށް މަގުފަހިވާނެ ގޮތަށެވެ. އެކަން އެނގެނީ ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުތަކުންނެވެ.
އިރާޤްގެ ވެރިކަން ވެއްޓޭނެކަމާއި ޝާމްކަރައިގެ ވެރިކަން ބަދަލުވެގެންދާނެ ކަމާއި އަދި މިޞުރުގެ ވެރިކަންވެސް ވެއްޓިގެންދާނެކަން އިތުރު މާތް ނަބިއްޔާ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އަދި މިކަންކަން ހިނގާނީ ބޭރުގެ ނުފޫޒުންކަން ވެސް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.
އުރުދުން ނުވަތަ ޖޯޑްން ކިޔާ ތަނެއް އުފެދުނީ ދާދިފަހުންނެވެ. މިދިއަ ޤަރުނުގައެވެ. ނަމަވެސް އުރްދްންގެ ވާހަކަ ހަމަ އުރްދްންގެ ނަމުގައި އިތުރު މާތް ނަބިއްޔާ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެހެންކަމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުތަކުގެ ތެދުކަން މިދަނީ ފެންނަމުންނެވެ.
ޝާމްކަރަ އަކީ ހަމައެކަނި ސީރިޔާއެއް ނޫނެވެ. އެއިގެ ތެރޭގައި ފަލަސްޠިނާއި އިޒްރޭލާއި ސީރިޔާ އަދި ތުރުކީގެ ބައެއްވެސް ހިމެނެއެވެ. ޝާމްކަރަ ބައިބައިވެ ޤައުމުތައް އުފެދުނީވެސް ހަމަ މިދިއަ ޤަރުނުގައެވެ.
(މިދަރުސް ރަނގަޅަށް އަޑުއައްސަވައިލައްވާށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ކޮންމެ ބަސްފުޅެއް ހަޤީޤަތަކަށް މިއަދު ވަމުން އަންނަތަން ފެންނާނެއެވެ. އީމާންކަން އިތުރަށް ވަރުގަދަކޮށްލުމަށްވެސް މި ހަދީޘްފުޅު އަޑުއައްސަވައިލައްވާށެވެ. ދައްޖާލާއިމެދު ބިރުވެތިވުމަށްވެސް މެއެވެ.)
ގުޅުންހުރި ވީޑިއޯ: