މުސްކުޅި އުމުރުގަ ބަލިތައް ކުރިމަތި ކުރައްވަވަނީ އެމީހުންނަށް ރަނގަޅަކަށް- މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
މުސްކުޅި އުމުރުގަ ބަލިތައް ކުރިމަތި ކުރައްވަވަނީ އެމީހުންނަށް ރަނގަޅަކަށް- މުފްތީ މެންކް
މުސްކުޅި އުމުރުގެ ގިނަ ބައަކަށް ތަފާތު ބަލިތައް މާތް ﷲ ކުރިމަތި ކުރައްވަވައެވެ. އެއްބައަކު އެކަމާ ޝަކުވާ ވެސް ކުރެއެވެ. އެކަމާއިމެދު ތަފާތު ގޮތްތަކަށް ވިސްނަން ވެސް ވިސްނައެވެ.

މުސްކުޅި އުމުރުގައި ތަފާތު ބަލިތައް މާތް ﷲ މީސްތަކުންނަށް ކުރިމަތިކުރައްވަވަނީ އެމީހަކަށް ރަނގަޅަކަށް ކަމަށް ވިސްނާށެވެ. ގިނަ މީހުންނަކީ ބައްޔެއް ނުވަތަ މުޞީބާތެއް ކުރިމަތި ނުވާނަމަ މާތް ﷲ ގެ މަތިން ހަނދާންކުރާ ބައެއް ނޫނެވެ. އެންމެހައި ނިއުމަތްތައް މާތް ﷲ މިންވަރު ކުރެއްވެވުމުން އެކަމަށް ޝުކުރުވެރިވާކަށް ނުއެނގެއެވެ.

އުމުރުން ދުވަސްވެ މުސްކުޅިވުމުން ކޮންމެ މީހަކުވެސް ދެން މަރު ވަރަށް ކައިރިވެއްޖެ ކަމަށް ވިސްނާނެއެވެ. ނަމަވެސް އެވަރުންވެސް އެއްވެސް ކަމެއް ނުވިސްނޭ ބައަކު އުޅެއެވެ. އެފަދަ މީހުންނަށް މާތް ﷲ ގެ މަތިން ހަނދާންވަނީ ބަލިމަޑުކަމެއް މުޞީބާތެއް ކުރިމަތިކުރެއްވެވުމުންނެވެ.

ބައެއް މީހުންނަށް ހީވަނީ ހުރިހާ ނިއުމަތްތަކެއް މިދުނިޔޭގައި ލިބުމުން އެއީ ހުރިހާ ކަމެއް ފުރިހަމަވީ ކަމަށެވެ. އެހެންވެ މާތް ﷲ ގެ މަތިން ހަނދާންކުރަންވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް ކަން އޮތީ އެގޮތަކަށް ނޫނެވެ. މާތް ﷲ ގެ ނިއުމަތްތައް އިތުރު ކުރައްވަވާ ވަރަކަށް މަސައްކަތްކުރަންޖެހެނީ މާތް ﷲ އާއި ވީހައި ކައިރިވުމަށެވެ. އެހެނީ މިދުނިޔޭގައި ކިތަންމެ ގިނަ ނިއުމަތްތަކެއް ލިބުނު ނަމަވެސް އެއީ ތިމާއާއި ވަކިވެ ގެއްލިގެންދާނެ ކަންކަމެވެ. ތިމާ އާއިއެކު އަބަދުމެ ދިރިހުންނާނީ ތިމާ ކުރާ ހެޔޮ އަމަލުތަކެވެ. ބާއްޖަވެރިންނަކީ މިދުނިޔެ އެކަނި ލިބޭ ބައެއް ނޫނެވެ. ހަޤީޤީ ބާއްޖަވެރިންނަކީ މިދުނިޔެއާއި އާޚިރަތްވެސް ލިބޭ މީހުންނެވެ.

މާތް ﷲ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވަނީ ދެ ދުނިޔެ ހޯދަން ގަދައަޅައި މަސައްކަތް ކުރުމަށެވެ. ބަޤަރާ ސޫރަތުގެ 201 ވަނަ އާޔަތް (ރައްބަނާ އަތިނާ..) މާތް ﷲ ބާވަވައިލެއްވެވީ އެ ސަބަބަށްޓަކައެވެ.

މާތްﷲ ދެއްވަވާ ނިއުމަތްތަކުގެ ތެރެއިން 5 ނިއުމަތަކީ ވަގުތީ ނިއުމަތްތަކެވެ. ޒުވާން ކަމާއި މުއްސަނދިކަން ފަދަ ކަންކަމެވެ. ޞިއްޙަތެވެ.

މިސާލަކަށް ތިބާއަށް މާތް ﷲ ދެއްވެވި ނިއުމަތްތަކުގެ ތެރެއިން މުއްސަނދިކަމުގެ ބޭނުން ހިފައި ލިބޭ ފުރުޞަތުގައި ޞަދަޤާތްކުރީމާ އެއީ ސުވަރުގޭގައި ކުރެވޭ ބިނާތަކެކެވެ. އެފަދަ ހެޔޮ އަމަލުތައް ނުކުރެވި ހުއްޓާ މަރުވެއްޖެނަމަ ދެން ވާނީ ކިނެއްހެޔެވެ؟ ތިބާގެ މުއްސަނދިކަމުގެ މައްޗަށް ވެރިވެގަންނާނީ އެހެން ބައެކެވެ. އެކަމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން