ކީރިތި ޤްރްޢާނުގައިވާ އެންމެ މަތިވެރި އާޔަތް: ކުރުސި- ހާދަ ފައިދާ ބޮޑޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކީރިތި ޤްރްޢާނުގައިވާ އެންމެ މަތިވެރި އާޔަތް: ކުރުސި- ހާދަ ފައިދާ ބޮޑޭ!
ކީރިތި ޤްރްއާނުގައިވާ އެންމެ މަތިވެރި އާޔަތަކީ އާޔަތުލްކުރުސި ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި:

ކޮންމެ ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާ މީހާ އާއި ސުވަރުގެ އާއި ދެމެދު އެއްވެސް ހުރަހެއް ނެތެވެ.

ނިދަން އޮށޯވެ، ނިދުމުގެ ކުރިން ކިޔަވައިފިނަމަ އެމީހަކު ނިދީން ހޭލެވެންދެން އެމީހެއްގެ ހިމާޔަތުގައި މާތް ﷲ މަލާއިކަތް ބޭކަލަކު ލަހައްޓަވައެވެ. (ޝައިޠާނާއަށް އެމީހަކާ ކައިރިއެއް ނުވެވޭނެއެވެ.)

ގެއިން ނުކުންނަމުން ކުރުސި ކިޔަވައިފި މީހާ އެނބުރި ގެއަށް ވަނުމާއި ހަމައަށް އެމީހަކަށް އިސްތީޣްފާރު ކުރައްވަވާނެ 70،000 މަލާއިކަތް ބޭކަލުން މާތްﷲ ލައްވަވާނެތެވެ. އަދި އެދަތުރުމަތީގައި އެމީހަކަށް ހައިހޫނު ކަމެއް ނުޖެހޭނެތެވެ.



ޢިލްމުވެރިން ވިދާޅުވާ ގޮތުގައި:

ހެނދުނު ކިޔަވައިފި ނަމަ އިރު އޮއްސެއްދެން އެމީހަކަށް ޝައިޠާނާގެ ކިބައިން ސަލާމަތްކަން ލިބޭނެއެވެ.

ގިނަގިނައިން ކިޔެވުމަކީ މަރުމަތި ފަސޭހަވާނެ ކަމެކެވެ.

ގާތް މީހަކު މަރުވުމުން ގިނަގިނައިން ކިޔަވައި އެމީހަކަށް ހަދިޔާކުރުމުން އެމިހާގެ ކައްވަޅު އަލިކޮށްދޭ ނޫރަކަށް އެކަންވެގެންދެއެވެ.

އެކަނި ގޭގައި ހުންނަންޖެހޭ ހާލަތުގައި ކިޔެވުމުން ހަމަޖެހުން ލިބި ބިރުވެރިކަން ފިލައިދެއެވެ.

ވުޟޫ ކުރުމަށްފަހު ކިޔަވާ މީހާއަށް 40 އަހަރު އަޅުކަން ކުރުމުގެ ސަވާބު މާތް ﷲ ދެއްވަވާނެއެވެ. ސުވަރުގޭގައި 40 ދަރަޖައަށް ދަރަޖަ އުފުލޭނެއެވެ. 40 ޙޫރަލްޢީނުން ލިބޭނެއެވެ.

ގުޅުންހުރި ލިޔުން:
މިއަދު އޮންލައިން