އިންސާނުންނަކީ ހިތް ފުރޭ ބައެއް ނޫނެވެ. ސްވިޗަކުން ތިމާ ބޭނުން ހުރިހާ ކަމެއް ލިބިގަނެވެންހުރިއިރުވެސްމެއެވެ. ނަތީޖާއަކީ ފަހުގެ އަހަރުތަކަށް ބަލައިފިނަމަ ޑިޕްރެޝަނުގެ މައްސަލަތައް ކުރިމަތިވާ މީހުންގެ އަދަދު 300 އިިންސައްތަ އިތުރުވުމެވެ.
އޮސްޓްރޭލިއާ އަކީ ޤައުމުތަކުގެ ނިޞްބަތުން އަދިވެސް އެންމެ ބޮޑަށް ހިތް ޖެހިގެން އުޅެވެން އޮތް ޤައުމެވެ. އާބާދީގައި ތިބީ 27 މިލިއަނެއްހައި މީހުންނެވެ. ޑިޕްރެޝަން ބަލީގެ އަދަދަށް ބަލައިފިނަމަ އަހަރު ދުވަހަށް 9 މިލިއަން ބޭސް ސިޓީ ދޫކުރެއެވެ.
މިކަމުގެ ސަބަބު ހޯދަން ކުރާ ދިރާސާގައި ގިނަ ބައަކު ފާހަގަކުރަނީ ދެކަމެކެވެ. ފައިސާ ނެތުމާއި އިތުރަށް މަޝްހޫރުކަން ބޭނުންވުމެވެ. ދުނިޔޭގައި ތިބި އެންމެ ބޮޑެތި ބިލިއަނަރުންނާއި އެންމެ މަޝްހޫރު ތަރިންނަށް ބަލައިފިނަމަ އެ ބޮޑު ނިއުމަތްތަކުން ހިތެއް ނުފުރެއެވެ. ޑްރަގަށް ބޭނުންވެއެވެ. ކީއްވެގެން ހެއްޔެވެ؟
މިކަމުން އެނގެނީ ދުނިޔޭގައި ކިތަންމެ ގިނަ ނިއުމަތްތަކެއް ލިބުނު ނަމަވެސް މީހާއަށް ހިތް ހަމަޖެހުމެއް ނެތްކަމެވެ. ކޮންމެވެސް އިތުރު ކަންތައްތަކަކަށް އަބަދުވެސް ބޭނުންވެގެން ތިބޭ ކަމެވެ.
ހައްލަކީ ކޮބައި ހެއްޔެވެ؟ މި މައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ އިސްލާމް ދީނެވެ. މާތް ﷲ އަށް ފުރިހަމައަށް އީމާންވުމެވެ. މިންވަރަށް އީމާންވުމެވެ. މާތް ﷲ ތިމާއަށް ދެއްވަވަނީ ހަމަ ހައްޤު މިންވަރު ކަމާއި ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ލިބޭނީ މާތް ﷲ ކަނޑައަޅުއްވަވާފައިވާ މިންވަރު ކަމާއި އެއަށްވުރެ އިތުރަށް ނުލިބޭނެ ކަމަށް ހިތުގެ އަޑިން ޤަބޫލުކުރާ މީހަކަށް ޑިޕްރެޝަނުގެ އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ.
ޑޮކްޓަރުގެ ކިބައިން ޑިޕްރެޝަނަށް އެންމެ ބޭސް ސިޓީއެއްވެސް ބޭނުމެއް ނުވާނެއެވެ. ބޭސް ސިޓީއަކީ ކީރިތި ޤްރްއާނެވެ. މާތް ﷲ ގެ އެންގެވުންތަކެވެ.
ގުޅުންހުރި ވީޑިއޯ: