އާސެނަލް ދޫކޮށް ވެލްކޮޓް އެވަންޓަންއަށް ބަދަލުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 19ސ
އާސެނަލް ދޫކޮށް ވެލްކޮޓް އެވަންޓަންއަށް ބަދަލުވެއްޖެ
އާސެނަލް ދޫކޮށްލުމަށް ފަހު އިނގިރޭސި ވިންގާ ތެއޯ ވެލްކޮޓް އެވަޓަންއަށް ސޮއިކޮށްފިއެވެ.

އެވަޓަންއިން ވެލްކޮޓްގެ ސޮއި ހޯދާފައިވަނީ 20 މިލިއަން ޕައުންޑްގެ ފީއެއްގައެވެ. ވެލްކޮޓް އާސެނަލް ދޫކޮށްފައިވަނީ އެ ކްލަބާއެކު ވެލްކޮޓް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ 18 މަސް ދުވަސް އޮއްވައެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ފަހަކަށް އައިސް އާސެނަލްގެ ފުރަތަމަ އެގާރައިން ވެލްކޮޓަށް ޖާގަނުލިބޭތީ ވެލްކޮޓް އާސެނަލް ދޫކޮށްލީ އެކަމާ ހިތްހަމަނުޖެހިގެންކަމަށް ބެލެވެއެވެ.

މި ހިނގާ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި 15 މިލިއަން ޕައުންޑްގެ ފީއެއްގައި އިނގިރޭސި ހުނަރުވެރި މިޑްފިލްޑަރު ރޮސް ބާކްލޭ އެވަޓަން ދޫކޮށް ޗެލްސީއަށް ބަދަލުވުމުން އެވަޓަންއިން ވެލްކޮޓްގެ ސޮއި ހޯދާފައިވަނީ ބާކްލޭ ނެތްތަން ފޫބެއްދުމަށްކަމަށް ބެލެވެއެވެ.

އެވަޓަންގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން، އެވަޓަންއަށް ސޮއިކުރުމަށް ފަހު ވެލްކޮޓް ބުނެފައިވަނީ އޭނާ އެ ކްލަބަށް ސޮއިކުރީ އިތުރު އާ ލެވެލްއަކަށް އެ ކްލަބް ގެންގޮސްދިނުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވެސްކޮޓް ބުނެފައިވާކަމަށް އެވަޓަންގެ ރަސްމީ ވެބްސައިޓްގައިވެއެވެ.

ވެލްކޮޓް އާސެނަލްގައި ހޭދަކުރި 13 ސީޒަންގައި އޭނާ ވަނީ އެ ޓީމަށް ކުޅުނު 395 މެޗުގައި 108 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އާސެނަލްއާއެކު ވެލްކޮޓް ވަނީ އެފްއޭކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.


މިއަދު އޮންލައިން