ކޮންމެ މުސްލިމަކު ވެސް ކަރުނައަޅާނެ އަސަރުގަދަ ދަރުހެއް: ރަސޫލާ (ޞޢވ) ގެ އެންމެ ފަހު ވަގުތުކޮޅު.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކޮންމެ މުސްލިމަކު ވެސް ކަރުނައަޅާނެ އަސަރުގަދަ ދަރުހެއް:  ރަސޫލާ (ޞޢވ) ގެ އެންމެ ފަހު ވަގުތުކޮޅު.
ދަރުސް ދެއްވަވަމުން ޢިލްމުވެރިޔާއަށް ކީރިތި ކުރެއްވެނީ ހާލަތުގެ ސަބަބުންނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ހިތްޕުޅުގައި އޮތް ލޯބިންނެވެ. މިއަދު އަޅުގަނޑުމެންގެ ހާލަތު ހުރި ގޮތުންނެވެ.

ވީޑިއޯ ރަނގަޅަށް އަޑުއައްސަވައިލައްވާށެވެ. ޢިބްރަތަށް ވެގެންދާނެއެވެ.

އާލާސްކަންފުޅު ބޮޑުވެ ހޭފުޅު ނެތިފައި އޮންނަވަނިކޮށް ހޭފުޅު އެރުމުން 3 ފަހަރު މަތިން ވެސް އެންމެ ފުރަތަމަ ކުރެއްވެވި ސުވާލުފުޅަކީ މީސްތަކުން ނަމާދުކޮށްފިތޯއެވެ.

ޖަމާއަތުގައި ނަމާދުކުރައްވަން އުޅުއްވުމުގެ ތެރޭގައި ހޭފުޅު ނެތިގެން މިސްކިތްކޮޅު ތެރެއަށް ވެއްޓިވަޑައިގަތެވެ. އެފަހަރު ހޭފުޅު އެރުމުންވެސް ކުރެއްވެވީ ހަމަ އެސުވާލެވެ. މީސްތަކުން ނަމާދުކޮށްފިތޯއެވެ.

އަވަހާރަވެވަޑައިގަތުމުގެ އާލާސްކަންފުޅުގައި އެންމެ ބޮޑު ހިތްޕުޅު ހަމަޖެހުމެއް އެންމެ ފަހުން ލިބިވަޑައިގަތީ ވެސް މީސްތަކުން ޖަމާއަތުގައި ނަމާދުކުރާތަން ފެނިވަޑައިގަތުމުންނެވެ. ހަށިކޮޅުގައި ވަރުފުޅު ނެތް ޙާލުކޮޅުގައި ވެސް ގަނޑުވަރުގެ ދޮރުކޮޅުން އެ މަންޒަރު ބައްލަވަން ހުންނެވިއެވެ.

(އަޅުގަނޑުމެން މިއަދު ފަރުވާކުޑަކުރަމުން މިގެންދަނީ ހަމަ އެނަމާދަށެވެ.)

އެންމެފަހުވަގުތުގައިވެސް މާތް ﷲ އަށް ދުޢާ ކުރެއްވެވީ ފާފަފުއްސެވުމަށް އެދިވަޑައިގެނެވެ. މާތް ﷲ ގެ ރަޙްމަތަށް އެދިވަޑައިގެންނެވެ. (ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު މާތް ﷲ ދެއްވަވާފައިވާއިރުވެސް މެއެވެ. އަޅުގަނޑުމެންނަށް އެބަ ދުޢާ ކުރެވޭތޯއެވެ!)

އަޅުގަނޑުމެން ސަލާމަތަށް އެދޭނަމަ ފުރާނަ ދިއުމުގެ ކުރިން މަރުވާން އެބަޖެހެއެވެ. މިބަހުގެ މާނައަކީ ދުނިޔަވީ އުފާތައް އަމިއްލައަށް މަރާލުމަށްފަހު އާޚިރަތަށްޓަކައި ހެޔޮ އަމަލެއް ކުރެވެތޯ ބަލަންޖެހޭކަމެވެ. ކިރިޔާވެސް ސަލާމަތްކަމެއް އޮތީ އެގޮތަށް ކަންތައް ކުރެވިއްޖެނަމައެވެ.

މި ވީޑިއޯ ހަމަ ކޮންމެ ބޭފުޅަކުވެސް އަޑު އައްސަވައިލެއްވުން ވަރަށް މުހިންމެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން