އެންމެ ދީންވެރި މީހަކު ހޯދުމަށް ތިން މީހެއްގެ މޫނުމަތީގައި ޖެހި ޒުވާނާގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 2މ 24ސ
އެންމެ ދީންވެރި މީހަކު ހޯދުމަށް ތިން މީހެއްގެ މޫނުމަތީގައި ޖެހި ޒުވާނާގެ ވާހަކަ
ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚް މުފްތީ އިސްމާއިލް މެންކުގެ ދަރުހެއްގައި ކިޔާދެއްވާފައިވާ ވާހަކައެކެވެ.

"ކީރިތި ޤުރްއާނަކީ އެންމެ ފުރިހަމަ ފޮތްކަމުގައި އެއްވެސް ޝައްކެއް ނެތެވެ. ނުހަޢްޤުން ޢަމަލު ކުރާ މީހާއަށް އަބަދުމެ މާފު ދިނުމާއި އަދި އެމީހަކު ނުހުއްޓުވާ ބެހެއްޓުމަށް ކީރިތި ޤުރްޢާނުގައި އަންގަވާފައެއް ނުވެއެވެ.
މިއީ އެކަން ސާބިތު ކޮށްދޭ ހާދިސާއެކެވެ.

މިސްކިތެއްގައި ޤުރްއާން ކިޔަވަން ތިއްބެވި ތިން ދީންވެރި ބޭކަލަކާއި ޒުވާނެކެވެ.

އެތިން ބޭކަލުން ދައްކާފައި މިސްކިތުން މީހަކު އެޒުވާނާއި ގާތު ބުންޏެވެ. އިނގޭ ހެއްޔެވެ. އެތިއްބެވީ ވަރަށް ވެސް ދީންވެރި ތިން ބޭކަލުންނެވެ. ވާތް ފަރާތަށް އެހުންނެވި ބޭފުޅާއަކީ އަދިވެސް ޒުވާނެކެވެ. މެދުގައި އެހުންނެވި ބޭފުޅާ ވާތް ފަރާތުގައި ހުންނެނި ބޭފުޅާއަށް ވުރެ ދީންވެރިއެވެ. އަދި ކަނާތް ފަރާތަށް ހުރި މީހާ އެދެމީހުންނަށްވުރެ ވެސް ދީންވެރިއެވެ.

އެތިން މީހުން ވަރަށް ދީންވެރިއޭ ބުނުއްވަނީ ކީއްވެތޯ ޒުވާނާ އެހުމުން އެމީހާ ބުނީ، އެއީ އެތިން މީހުން އަޅުކަން ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭތީ ކަމަށެވެ. އެޒުވާނާ ގާތު މިހެން ބުނުމުން، އެތިން މީހުންގެ ދީންވެރިކަމާއި އީމާންތެރިކަން ބެއްލެވުމަށް ޒުވާނާ ބޭނުން ވެއްޖެއެވެ.

އެހެންކަމުން އެޒުވާނާ އެންމެ ފުރަތަމަ ދިޔައީ ވާތް ފަރާތުގައި ހުރި މީހާ ކައިރިއަށެވެ. އެއިރު އެމީހާ އިނީ ޤުރްއާން ކިޔަވާށެވެ. އެމީހާ ކައިރިއަށް ގޮސް އަތް ދަމާފައި ވަރަށް ބާރަށް އެމީހާގެ ކޯތާފަތް މަތީގައި ޖެހިއެވެ. ނަމަވެސް އެމީހާ ޒުވާނާއާއި ދިމާލަށް އެއްޗެއް ނުބުނިއިރު އޭނާއާއި ދިމާލަށް އިސް އުފުލާ ބަލާ ވެސް ނުލިއެވެ. ހަމަ ކިޔަވަމުން ދިޔައީއެވެ. އެހެންކަމުން އެއީ ދީންވެރި މީހެއް ކަމަށް ނިންމާ އެޒުވާނާ އެތަނުން ދިޔައެވެ.

ދެން އެޒުވާނާ ދިޔައީ މެދުގައި ހުރި މީހާ ކައިރިއަށެވެ. އޭނާ ވެސް އިނީ ކިޔަވާށެވެ. އެމީހާ ކައިރިއަށް ގޮސް އޭނާގެ ކޯތާފަތް މަތީގައި ވެސް އެޒުވާނާ ޖެއްސެވެ. ޖެހި ތަނާހެން އެމީހާ އެޒުވާނާގެ އަތުގައި ފިރުމާލާފައި އަތަށް ތަދުވިތޯ އެއްސެވެ. އެޒުވާނާ ހައިރާންވިއެވެ. އެމީހާ ގައިގާ ޖެހުމުން ވެސް އެޒުވާނާއަށް ގޮތެއް ވެފައިތޯ ހުރީ އެހުމުން، އެއީ ވެސް ދީންވެރި މީހެއް ކަމުގައި ނިންމިއެވެ.

ދެން އެޒުވާނާ ދިޔައީ ކަނާތް ފަރާތަށް ހުރި މީހާ ކައިރިއަށެވެ. އެއީ އެންމެ ދީންވެރި ކަމަށް ބުނި މީހާ އެވެ. އެމީހާގެ ގައިގާ ޖަހަން އުޅުމުން، އޭގެ ކުރިން އެމީހާ އެޒުވާނާގެ ކޯތާފަތް މަތީގައި ޖެއްސެވެ.
އެމީހާ އެފަދައިން ކަންތައް ކުރުމުން ޒުވާނާއަށް ލިބުނީ ކުއްލި ސިޙުމެކެވެ. ހައިރާންވެ ހުރެ އެމީހާގާތު ބުންޏެވެ.

'އަހަރެން ހީކުރީ ތިޔައީ އެންމެ ދީންވެރި މީހާ ކަމަށެވެ.'

ޖަވާބުގައި އެމީހާ ބުންނެވެ. 'އާނ އެކެވެ. އެކަމަކު ކަލޭ ތިޔަކުރާ ނޭދެވޭ ޢަމަލު ކޮންމެވެސް މީހަކު ތެދުވެ ހުއްޓުވަން ޖެހޭ ނޫން ހެއްޔެވެ؟'

ނުޙައްޤުން ޢަމަލު ކުރާ އެންމެހާ މީސްތަކުން ހުއްޓުވުމަކީ އެންމެހާ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ."

މިއަދު އޮންލައިން