އިޚްލާޞް ސޫރަތަށް އޮތް ލޯބި ބޮޑުވުމުން ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޚަބަރު ރަސޫލާ (ﷺ) ދެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އިޚްލާޞް ސޫރަތަށް އޮތް ލޯބި ބޮޑުވުމުން ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޚަބަރު ރަސޫލާ (ﷺ) ދެއްވެވި!
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ކޮންެމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ވެސް އަދި ފަތިހު ތެދުވެވަޑައިގެން އެންމެ ފުރަތަމަ ވިދާޅުވާ އެއް ސޫރަތަކީ އިޚްލާޞް ސޫރަތެވެ.

އެހެނީ ވިތުރީގައި އިޚްލާޞް ސޫރަތް ވިދާޅުވެއެވެ. ފަތިސް ނަމާދުގެ އިހުސުންނަތުގައި ވެސް އިތުރު މާތް ނަބިއްޔާ އިޚްލާޞް ސޫރަތް ވިދާޅުވިއެވެ.

ސޫރަތުލްއިޚްލާޞް އަކީ ކީރތި ޤްރްއާނުގެ 3 ބައިކުޅަ އެއްބައެވެ. އެހެންކަމާއިއެކުވެސް އެ ސޫރަތަށް ލިބިފައިވާ މާތިވެރިކަން ވަރަށް ގިނައެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އިސްލާމް ދީނަށް ގޮވައިލައްވަން ފެށްޓެވުމުން މީހަކު ގޮސް ރަސޫލާ (ﷺ) ވިދާޅުވާ މާތް ﷲ ސިފަކޮށްދެއްވެވުމަށް އެދި ދެންނެވިއެވެ. އަދި މާތް ﷲ ގެ ނަސަބުފުޅާއި އެނޫން ވެސް މައުލޫމާތަށް އެދި ދެންނެވިއެވެ.

އެމީހާގެ ހުރިހާ ސުވާލުތަކަށް ދެއްވެވި ޖަވާބަކީ ސޫރަތުލްއިޚްލާޞްއެވެ. ޖަވާބުގައި ވިދާޅުވީ އެ ސޫރަތެވެ. އެސޫރަތުގައި ހުރިހާ ޖަވާބުތަކެއް ހިމެނިފައިވާތީއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ. ﷲ އީ އެންމެހައި ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންފުޅުވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކައްޗެއްވެސް ނުވެއެވެ."

މިސޫރަތުގެ މަތިވެރިކަން އެނގިގެންދާ އެހެން ސަބަބެއްވެސް އެބައޮތެވެ. ނަމާދުގެ ކޮންމެ ރަކްއަތެއްގައި އެ ސޫރަތް ކިޔަވާވިދާޅުވާ ޞަހާބީއަކު އެކަމުގެ ސަބަބަކީ އޭނާގެ ހިތުގައި މާތްﷲއަށް އޮތް ލޯތްބާއި އޭނާ ލޯބިވާ މާތްﷲގެ އެންމެހައި ސިިފަފުޅުތައް އުސޫރަތުގައި ހިމެނޭތީ ކަމަށް ވިދާޅުވުމުން އެ ސަބަބަށްޓަކައި އޭނާއަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ ދެއްވަވައިފައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން