ޓީވީ ބެލުމަށާއި ގޭމް ކުޅުމަށް ނަމަވެސް ދެވި ހިފުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޓީވީ ބެލުމަށާއި ގޭމް ކުޅުމަށް ނަމަވެސް ދެވި ހިފުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެއް!
ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ މީހުން ދެވި ހިފަނީ ވަރަށް މަދު ކަމަކަށެވެ. ނަމަވެސް މިއަދު މީސްތަކުން ދަނީ ގިނަ ކަންތައްތަކަކަށް ދެވިހިފަމުންނެވެ.

ފާހިޝް އަމަލުތަކާއި މަސްތުވާތަކެތީގެ އިތުރުން ޓީވީ ބެލުމާއި ގޭމް ކުޅުމާއި އައުރަ ބެލުން ފަދަ ކަންކަމަށްވެސް ދަނީ ދެވި ހިފަމުންނެވެ. މިފަދަ ކޮންމެ ކަމަކަށް ދެވި ހިފަނީ ޝައިޠާނާގެ ސަބަބުންނެވެ. އެކަންކަން ކުރަން ޝައިޠާނާ ބާރުއަޅާތީއެވެ.

ކޮންމެ ނުބައި ކަމެއް ކުރުމުން ހިތުގައި ކަޅު ތިއްކެއް ޖަހައެވެ. ކަޅު ތިކި ފިލަނީ ހެޔޮ އަމަލެއް ކުރުމުންނެވެ. ނަމަވެސް ދެވިހިފުމުން މެދުވެރިވާ ގޮތަކީ ނުބައި އަމަލުތައް ކުރުން އިތުރުވަނީއެވެ. ކުރެވޭ ހެޔޮ އަމަލުތަކަށްވުރެ ނުބައި ކަންކަން ގިނަވެ ހިތް އެކުގައި ކަޅުވަނީއެވެ. ހިތް އެކުގައި ކަޅުވެއްޖެނަމަ އެހިތަށް މާތް ﷲ ގެ ނޫރު ވެއްދުމަކީ ދަތި އަދި އުނދަގޫ ކަމަކަށްވެގެންދެއެވެ.

މިފަދަ ހިތާމަވެރި ގޮތްތައް މެދުވެރިވާއިރުވެސް ތިބާއަށް އެކަން އިޙްޞާޞެއްވެސް ނުކުރެވެއެވެ. ދެވި ހިފާފައި ހުންނަވަރުން އަަބަދުވެސް ހިތަށް އަރަނީ މިފަހަރު ކޮށްލާފައި ދެން ނުކުރާނީއެވެ. ހިތަށް ގެނެވޭ ދެންފަހަރު ދުވަހަކުވެސް ނިމޭތަނެއް ނާދެއެވެ.

މިފަދަ ހާލަތްތަކުން ސަލާމަތްކުރެއްވެވުން އެދި މާތް ﷲ ގެ ރަސޫލާ މުޙައްމަދު (ޞޢވ) ގިނަގިނައިން ދުޢާ ކުރެއްވެވިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ދުޢާކުރަނީ ވަރަށް މަދު މީހެކެވެ.

މާތްﷲ ތިބާގެ ނަން ވަޙީކުރައްވަވަން ބޭނުންހެއްޔެވެ. ގިނަގިނައިން ﷲ ކިޔާށެވެ. ތިބާ ﷲ ގެ ނަންފުޅު ކިޔާ ކޮންމެ ފަހަރަކު މާތް ﷲ ތިބާގެ ނަން ތަކުރާރުކުރައްވަވާނެތެވެ. (ވިދާޅުވާނެތެވެ.)

ދެވި ހިފުން ފަދަ ކަންކަމުން ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތަކީ ނަމާދުކުރުމާއި ކީރިތި ޤްރްއާން ކިޔެވުމެވެ. ކީރިތި ޤްރްއާނުގެ މާނަ ކިޔައި ހިތަށް ގެންނަން މަސައްކަތްކުރުމެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން