ސަންޗޭޒް ޔުނައިޓެޑަށް، މިކިތާރިއަން އާސެނަލްއަށް

ކިޔުމަށް ހޭދަވާނީ 1މ 15ސ
ސަންޗޭޒް ޔުނައިޓެޑަށް، މިކިތާރިއަން އާސެނަލްއަށް


އާސެނަލްއަށް ކުޅެމުން އަންނަ ތަރި އަލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުކުރުމަށާއި ސަންޗޭޒްގެ ބަދަލުގައި ޔުނައިޓެޑަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފިލްޑަރު ހެންރިކް މިކިތާރިއަން އާސެނަލްއަށް ގެންދިއުމަށް ދެ ކްލަބުން އެއްބަސްވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ސަންޗޭޒްގެ މުސާރައެއްގެ ގޮތުގައި ހަފުތާއަކު 450000 މިލިއަން ޕައުންޑް އޭނާއަށް ޔުނައިޓެޑުން ހުށަހަޅާފައިވާކަމަށް ވެސް މީޑިއާތަކުގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. މި ހުށަހެޅުމާއެކު ސަންޗޭޒް ވެގެންދާނީ ޕްރެމިއާ ލީގުގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުނައިޓެޑްގެ މެޑިކަލް ހެދުމަށް ސަންޗޭޒް މިއަދު މެންޗެސްޓާގައިވާ ކަމަށާއި އަދި މިކިތާރިއަން ވެސް މެޑިކަލް ހެދުމަށް ލަންޑަނަށް ފުރާފައިވާކަމަށެވެ.

މި ދެ ކުޅުންތެރިންގެ ޓްރާންސްފާއާ ބެހޭގޮތުން ދެ ކްލަބުން އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ. އެންމެ ފަހުން ލީގުގައި އާސެނަލް ކުޅުނު މެޗުގައި ޓީމުގައި ސަންޗޭޒް ހިމަނާފައިނުވާއިރު، ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާގެ ކޯޗިން ކެރިއަރުގެ ތަޖުރިބާއިންނާއި އެތައް އަހަރުގެ ޓްރާންސްފާތަކުން އިންސާނުން ވަރަށް ރަނގަޅަށް ދަސްވެފައިވާކަމަށެވެ.
މީޑިއާ ރިޕޯޓްތަކުގައި ބުނާ ގޮތުން، ސަންޗޭޒް ނެތްތަން ފޫބެއްދުމަށްޓަކައި އާސެނަލްއިން ދަނީ ބޮރުޝިއާ ޑޮޓްމަންޑްގެ ޓޮޕް ސްޓައިކަރު ޕިއެރޭ އެމެރިކް އޯބަމެޔަންގް ގެނައުމަށް މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން