މިއީ "އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕް" އަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ދީނީ ބައެއް ސުވާލުތަކާއި އެސުވާލުތަކުގެ ޖަވާބެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. މުޙައްމަދު އިޔާޒު އަބްދުލް ލަތީފު އެވެ.
• ސުވާލު- ކީއްވެގެންތޯ ރޭޕްއަށް ނުވާނީ؟ އަނބިފިރިކަމުގެ ގުޅުން ހިންގުން އޮންނަނީ އެކަކު އަނެކަކު ލޯބިން ވީމަ. ގަދަކަމުން އެކަން ކުރުން އެއީ ކޮންގޮތަކުން އިސްލާމްދީނުގައި ހުއްދަ ކަމެއްތޯ؟
ޖަވާބު- ދެމަފިރިން ކުރެ އެކަކު ވެސް އެދިއްޖެ ހާލަތުގައި އިންކާރު ކުރުމުގެ ޙައްޤު އަނެކަކަށް ލިބިގެން ނުވެއެވެ. ވީމާ ދެމަފިރިންގެ މެދުގައި ހިންގާ ކަންތައްތަކަކީ ޒިނޭއެއް އަދި ރޭޕެއްވެސް ނޫނެވެ.
• ސުވާލު- ރަލާއި އޫރު މަސް ވިއްކައިގެން ރުފިޔާ ހޯދާ މީހެއްގެ ހެޔޮ އެދުމުގައި ޙައްޖަށް މީހުން ފޮނުވީމަ އެޙައްޖު ކަމުދާނެތަ؟
ޖަވާބު- ރަލާއި އޫރުމަސް ވިއްކައިގެން އާމްދަނީ ހޯދުމަކީ ޙަރާމް ކަމެއް އަދި އެއިން ލިބޭ އާމްދަނީ ވެސް ޙަރާމް ވާނެ. ނަމަވެސް އޭނަގެ އާމްދަނީގައި އެހެނިހެން ވިޔަފާރިވެސް ހިމެނިފައި، އޭނާ މީސްމީހުން ޙައްޖަށް ފޮނުވުމުގައި ޙަރާމް ފައިސާ ބޭނުން ނުކުރާނަމަ މައްސަލައެއް ނެތް.
• ސުވާލު- އިމާމު މީހާއަކީ ސިހުރު ހަދާ މީހެއްކަން އިނގޭތީ އެމީހާ ފަހަތުގައި ޖަމާއަތުގައި ނަމާދު ނުކޮށް އެކަނި ހުރެ ނަމާދު ކުރެވިދާނެތޯ؟
ޖަވާބު- އިމާމު އަކީ ސިހުރުވެރިއެއްކަން ޔަގީންވާނަމަ އެހެން އިމާމެއްގެ ފަހަތުގައި ނަމާދު ކުރާނީ
• ސުވާލު- ޑޮކްޓަރަށް ދައްކަން ގޮސް ހުއްޓާ މަޣްރިބް ނަމާދަށް ގޮވީ. އިޝާ ނަމާދު ވަގުތު ޖެހެން ކައިރިވިއިރުވެސް ޑޮކްޓަރަށް ނުދެއްކޭ އެހެންނަމަވެސް ނަންބަރާއި ޖެހެން ވަރަށް ކައިރިވެފަ ހުރީ. މިހާލަތުގައި މަޣްރިބް އިޝާގެ ވަގުތުގައި ފަސްކޮށް ޖަމްޢު ކުރެވިދާނެތޯ؟
ޖަވާބު- ލައްބަ. ފަސްކޮށް ޖަމްޢު ކުރެވިދާނެ.
• ސުވާލު- އަޅުގަނޑުގެ ފިރިމީހާ އެހެން މީހަކާއި އިންނަން އެރަށަސް ގޮސް އިނުމުގެ ކުރިން، އިންނަން އުޅޭ މީހާގެ ކޮޓަރީގައި ނިދިކަމަށް ބުނި. އަދި ބުނި އެއަންހެން މީހާ ގައިގާ އަތް ނުލަމޭ. އެކަމަކު އޭގެ ފަހުން އަޅުގަނޑު ފިރިމީހާއަށް ކުރިން ކުރި އިތުބާރު ގެއްލިއްޖެ. މިކަމުން އަޅުގަނޑު ފާފަވެރި ވާނެތޯ؟
ޖަވާބު- ކައިވެނި ކުރުމުގެ ކުރިން ދެމީހުން އެއްކޮޓަރިއެއްގައި ނިދުން އެއީ ވަރަށް ބޮޑު މައްސަލައެއް. އޭގެ ސަބަބުން އޭނައަށް ކުރާ އިތުބާރު ކަނޑާލުމުގެ ޙައްޤު ތިބާއަށް އެބައޮތް.
• ސުވާލު- ނިދާ ވަގުތު ޝަހާދަތް ކިޔުން މުހިންމުވަނީ ކީއްވެ؟
ޖަވާބު- ނިންޖަކީވެސް ފާޑެއްގެ މަރެއް. އެހެންވީމަ އޭނަގެ އެންމެ ފަހުގެ ބަހެއް ކަމުގައި ޝަހާދަތުގެ ދެކަލިމަ ހެދުމުގެ ގޮތުން ބައެއް މީހުން ނިދުމުގެ ކުރިން ޝަހާދަތް ކިޔާ. ނަމަވެސް ނިދުމުގެ ކުރިން ކިޔަން ޖެހޭ ޒިކުރުތަކުގެ ތެރޭގައި ޝަހާދަތް ކިޔުން އައިސްފައެއް ނުވޭ.
• ސުވާލު- ފިރިމީހާ ގައިގާ ކޮޅުފައިން އަނބިމީހާ ތެޅުމަކީ ކޮންކަހަލަ ކަމެއް؟
ޖަވާބު- އެއްވެސް މީހެއް ގައިގާ ޙައްްޤަކާއި ނުލާ ޖަހައިގެން ނުވާނެ.
• ސުވާލު- ކުލި ދައްކަން ޖެހޭ މަހެއްގައި ކުލި ނުދައްކާ ފިލައިގެން ގޮސްފިއްޔާ އެވާނެތޯ މީހެއްގެ ޙައްޤަކަށް އަރައިގަތުމަށް؟
ޖަވާބު- ލައްބަ
• ސުވާލު- އަޅުގަނޑުގެ ސުވާލަކީ މަރުވަ މީހާ މަރުވާ ވަގުތުތޯ ދުވަސް ގުނާނީ ނޫނީ ވަޅުލާ ވަގުތުން ފެށިގެންތޯ ދުވަސް ގުނާނީ؟
ޖަވާބު- މަރުވާ ވަގުތު
• ސުވާލު- އަޅުގަނޑުގެ ސުވާލަކީ މާތް ﷲ ގަންދީ ހުވާ މިކުރަނީ މިވެނި ރަށެއްގެ ކުއްޖަކާ ކައިވެނި ނުކުރާ ގޮތަށް. އެހުވާ ކޮށްފަ އޮށްވާ ކައިވެނި ކޮށްފިނަމަ އެކައިވެނި ރަނގަޅު ވާނެތަ؟
ޖަވާބު: ކައިވެނި ސައްޙަވާނެ، ނަމަވެސް ހުވަޔާއި ޚިލާފުވި ކަމަށްޓަކައި ކައްފާރާ ދޭން ޖެހޭނެ. އެގޮތުން 10 މިސްކީނުންނަށް ކާން ދިނުން ނުވަތަ އަންނައުނު ދިނުން ނުވަތަ އަޅަކު މިނިވަން ކުރަން ޖެހޭނެ. މިއިން ކަމަކަށް ނުކުޅެދިއްޖެނަމަ ތިން ދުވަހު ރޯދަ ހިފަން ޖެހޭނެ.