އަނބިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ ހެޔޮލަފާ ފިރިން ކުރާނެ ކަމެއް ނޫން: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަނބިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ ހެޔޮލަފާ ފިރިން ކުރާނެ ކަމެއް ނޫން: ޑރ. ޝަހީމް
އިސްލާމް ދީނަކީ އެންމެ އޯގާތެރި ދީން ކަމަށާއި އެހެންކަމުން އަނބިންނާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ ހެޔޮލަފާ ފިރިން ކުރާނެ ކަމެއް ނޫން ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.





ޑރ. ޝަހީމް ކުރެއްވި ޓްވީޓުގައި ވަނީ "އަނިޔާވެރިކަމާއިއެކީ ގަދަކަމުން މަޖުބޫރުން ަނބިމީހާގެ ޖިސްމާނީ އަދި ސިއްޙީ، ނަފްސާނީ ޙާލަތަށް ނުބަލައި ޖިންސީ އެދުން ފުއްދުމަށް އުޅުމަކީ އިސްލާމް ދީނުގައި ލައްވަވާފައިވާ ރިވެތި އުސޫލާ ޚިލާފް ބޮޑު އުދުވާނީ އަނިޔާއެއް. އެއީ ސުންނަތާ ޚިލާފް ކަމެއް. ހެޔޮލަފާ ފިރިއެއް އެކަމެއް ނުކުރާނެ." ކަމަށެވެ.

ޑރ. ޝަހީމް މިފަދަ ޓްވީޓެއް ކުރެއްވީ ގަދަކަމުން އަނބިންނާއި ޖިންސީ ގުޅުން ހިންގުމުގެ މައްސަލައިގައި ޚިޔާލު ތަފާތު ބަހުސެއް މިއަދު މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ކުރުމާއި ގުޅިގެންނެވެ.

މިއަދު އޮންލައިން