މަހުލޫފު މިހެން ވިދާޅުވީ މިއަދު އޭނާގެ ޓްވިޓާ އެކައުންޓްއުން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި މަހުލޫފު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކަރަންޓުގެ އަގުހެޔޮ ކުރިއަސް ރައީސް ޔާމީނަށް ވޯޓު ދެވެން ނެތްކަމަށާއި ޔާމީނަށް ވޯޓު ނުވެސް ދޭނެކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ މިހާރު އެއަށްވުރެ ހޭލުންތެރި ތަންދޮރުފިލާފައި ތިބި ރައްޔިތުންކަމަށާއި ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލަން ޖެހޭކަމަށް ވެސް މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރެމެންޓް މިނިސްޓަރު ޠާރިޤް މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ގެތަކުން ވެސް 400 ޔުނިޓާ ހަމައަށް ކަރަންޓް ނަގާނީ މާލެއާ އެއް ރޭޓެއްގައި ކަމަށެވެ. ސަރުކާރުން މި ނިންމި ބަދަލު އަންނާނީ މާޗް މަހުން ފެށިގެންނެވެ.
ކަރަންޓްގެ އަގުގެ އިތުރުން ސަރުކާރުން ވަނީ މާލެއާ އެއް އަގެއްގައި ފެނުގެ ޚިދުމަތް ވެސް ފޯރުކޮށްދޭން ނިންމައިފައެވެ. މިނިސްޓަރު ޠާރިޤު ވިދާޅުވީ މި ހިނގާ ޖެނުއަރީ މަސް ނިމިގެން ގެތަކަށް ފެން ބިލް އަންނާނީ މި ބަދަލާއެކުގައި ކަމަށެވެ.
ސަރުކާރުން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ މާލެއާ އެއް އަގެއްގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އަސާސީ ޚިދުމަތްތައް ނުލިބޭތީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް ބޮޑުވެފައިވަނިކޮށެވެ.
Riyaasee inthikhaabah karantu ge agu heyokuriyas vote dheveykah neiy adhi vote eh nuves dheyne. Dictator Yameen ge sarukaaruge gamaarukamaaeve. Dhivehi rayyithunnakee eahvure heyluntheri thandhorufilaa thibi rayyithunkan neygeneetho ? Rayyithunnah malaamaiykurun huttaalanjehey
— Ahmed Mahloof (@AhmedMahloof) January 23, 2018