ބްރިޖު ކައިރިން ފެންހޮޅި އަޅާނެ ބަޔަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 59ސ
ބްރިޖު ކައިރިން ފެންހޮޅި އަޅާނެ ބަޔަކު ހޯދަނީ
މާލެއާއި ހުޅުމާލެ އާއި ދެމެދު އަޅަމުންދާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖުގެ މާލެއާއި ހުޅުމާލޭގެ ޑިސްޓްރިބިއުޝަން ޕޮއިންޓްތަކަށް ފެންހޮޅި ލައިދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ޖެހި އިއުލާނެއްގައި ބުނެފައިވަނީ ފެނުގެ އެނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުސަހަޅާ ބީލަންތައް މިހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ދޫކުރާނެ ކަމަށެވެ.

ބީލަން ފޮތަށް ފައިސާ ދެއްކުން މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށާއި މިމަޝްރޫއުގެ ބީލަން ފޮތެއްގެ އަގަކީ 500ރ. ކަމަށް ވެސް އިއުލާން ގައި ވެއެވެ.

ބީލަން ފޮތް ދޫކުރުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެން ބިލްޑިންގް ގެ ދެވަނަ ފަންގިފިލާގައިވާ އެމްޑަބްލިއުއެސްސީ ގެ އޮފީހުންނެވެ.

މީގެއިތުރުން އިއުލާނުގައި ބުނެފައިވަނީ، މިމަަސައްކަތަށް ޝައުޤުވެރިވަ ފަރާތްތަކަށް ބާއްވާ ފަހި ބައްދަލުވުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށާއި އޭގެ ފަހުން ބީލަންތައް ބަލައިގަންނާނީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.


މިއަދު އޮންލައިން