ލޯން އެއްބަސްވުމެއްގެ ދަށުން ބާސާގެ ރަފިންހާ އިންޓައަށް

ކިޔުމަށް ހޭދަވާނީ 49ސ
ލޯން އެއްބަސްވުމެއްގެ ދަށުން ބާސާގެ ރަފިންހާ އިންޓައަށް
ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ރަފިންހާ އަލްކަންތަރާ، ލޯން ޓްރާންސްފާ އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނާ ގުޅިއްޖެއެވެ.

ބާސެލޯނާއާއި އިންޓަ މިލާނާ ދެމެދު އެއްބަސްވެފައިވާ ރަފިންހާގެ ލޯން ޓްރާންސްފާގެ އެއްބަސްވުން ހަމަވެގެންދަނީ މި ސީޒަންގެ ނިޔަލަށެވެ. އެހެން ނަމަވެސް، ލޯން އެއްބަސްވުން ހަމަވުމަށްފަހުގައި 35 މިލިއަން ޔޫރޯގެ ފީއެއްގައި ދާއިމީކޮށް ރަފިންހާ ގަތުމުގެ އިޚްތިޔާރު އިންޓައަށް ލިބިގެންދެއެވެ.

ބާސެލޯނާގެ ލަމަސިއާ އެކެޑެމީއަށް އުމުރުން 13 އަހަރުގައި ގުޅުނު ރަފިންހާ، ބާސެލޯނާގެ ރަސްމީ ފުރަތަމަ ޓީމަށް މެޗެއް ކުޅުނީ 2011 ވަނަ އަހަރުގައެވެ. އޭގެ ފަހުން ބާސާއަށް ރަފިންހާ ކުޅުނު 79 މެޗުގައި 11 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.

ރަފިންހާ މީގެ ކުރިން ވެސް ވަނީ ލޯން ޓްރާންސްފާ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ސެލްޓާ ވިގޯއަށް ކުޅެދީފައެވެ.
މިއަދު އޮންލައިން