މާތް ﷲ ދެކެ ލޯބިވެވޭ މިންވަރު ބަލާނީ ކިހިނެއްތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މާތް ﷲ ދެކެ ލޯބިވެވޭ މިންވަރު ބަލާނީ ކިހިނެއްތަ؟: މުފްތީ މެންކް
މާތް ﷲ ދެކެ ލޯބިވާކަމަށް އެބަ ބުނަމުއެވެ. އަޑަށް ލެވުނުހައި ބާރެއް ލައިފައެވެ. މިފަދައިން ބުނަމުން ގެންދާއިރު މާތް ﷲ ދެކެ ތިބާއަށް ލޯބިވެވޭ މިންވަރާއިމެދު ވިސްނައިލަން ހެއްޔެވެ؟ އެކަން ބަލައިލަން އެއްވެސް ވަރަކަށް މަސައްކަތްކުރަމު ހެއްޔެވެ؟

މާތްﷲ ދެކެ ލޯބިވެވޭ މިންވަރު ބަލައިލުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މާތް ﷲ އަންގަވާފައިވަނީ ތިމަން ﷲ ދެކެ ލޯބިވާނަމަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރިހަމައަށް ތަބައަވުމަށެވެ. ނަމަވެސް އެއީ ތިމަންނާ ތަބައަ ވެއްޖައިން ކަމަށް ބުނުމުން އެކަނި ކުރެވެން އޮތް ކަމެއް ނޫނެވެ. އެކަން ފުރިހަމަ ކުރެވޭނީ އެކަން ބަޔާންކުރުމާއިއެކު ތިބާގެ އަމަލުތަކުންވެސް އެކަން ދައްކައިގެންނެވެ.

ފަރުޟު ކަންކަމާއި މާތް ﷲ ގެ އަމުރުފުޅުތަކަށް އަމަލުކޮށްގެންނެވެ. ހަލާލު ތަކެތި ބޭނުންކޮށްގެންނެވެ. މަކްރޫހަ ކަމެއް ނަމަވެސް އެކަމަކާއި ދުރުހެލިވެގެންނެވެ.

ކާމިޔާބު ހޯދާ މީހަކީ މިއަދު ވަރަށް ގިނަ ހެޔޮ އަމަލުކޮށްފައި މާދަން ނުކުރާ މީހާއެއް ނޫނެވެ. ކާމިޔާބު ހޯދައިފި މީހަކީ އިއްޔެއަށްވުރެ ގިނަ ހެޔޮ އަމަލުތައް މިއަދު ކުރާމީހާއެވެ.

ކުއްލިއަކަށް ހުރިހާ ކަމެއް ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް ކޮންމެ ކަމަކީވެސް ރަނގަޅަށް ޕްލޭންކޮށްފިނަމަ ނުހަނު ފަސޭހައިން ކުރެވިދާނެ ކަންކަމެވެ. ކޮންމެ ކަމެއްވެސް ކުރެވޭނީ ޕްލޭނެއް އޮވެގެންނެވެ. އެކަމެއް ކުރުމުގެ ނިޔަތް އޮވެގެންނެވެ.

މާތް ﷲ ދެކެ ލޯބިވާނަމަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެއެވެ. ހަމަ ހުރިހާ ކަމެއްވެސް ސުންނަތާއި އެއްގޮތަށް ކުރަން މަސައްކަތްކުރަންޖެހޭނެއެވެ. ކީރިތި ޤްރްއާނަށް ފުރިހަމައަށް އަމަލުކުރެވޭނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް ފުރިހަމައަށް އަމަލުކޮށްގެންނެވެ.
މިއަދު އޮންލައިން