ޗެލްސީ ކަޓުވާލުމަށްފަހު އާސެނަލް ލީގުކަޕްގެ ފައިނަލަށް
ކަރަބައޯ އިންގްލިޝް ފުޓްބޯލް ލީގު ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި 1-2 ގެ ނަތީޖާއިން މޮޅުވެ، ޗެލްސީ ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފިއެވެ.
ސެމީ ފައިނަލްގެ ފުރަތަމަ ލެގު ނިމުނީ އެއްވެސް ޓީމަަކަށް ލަނޑެއް ނުޖެހިއެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު، މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 1-2 ގެ ނަތީޖާއިން އާސެނަލްއަށް ކުރި ލިބިގެންނެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި ލެގުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. ޗެލްސީގެ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 7 ވަނަ މިނެޓުގައެވެ. އޭގެ ފަސް މިނެޓު ފަހުން ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާގެ އަތުން ބައިކޮޅަށް ވަން ލަނޑަކުން އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މެޗުން އާސެނަލް މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 60 ވަނަަ މިނެޓުގައި ގްރޭނިޓް ޝަކާއެވެ.
މުބާރާތުގެ ފައިނަލްގައި އާސެނަލް ބައްދަލުކުރަން ޖެހޭނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުގައެވެ.