"ދޮންބެ" ޖަލަށްލީންސުރެ މަންމަގެ ލޮލުން ކަރުނަ ނުހިކޭ: ޝައިޚް އިމްރާންގެ ކޮއްކޮ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
"ދޮންބެ" ޖަލަށްލީންސުރެ މަންމަގެ ލޮލުން ކަރުނަ ނުހިކޭ: ޝައިޚް އިމްރާންގެ ކޮއްކޮ
"ދޮންބެ" (ޝައިޚް އިމްރާން) ޖަލުގައި ބަންދުކުރީންސުރެ މަންމަގެ ލޮލުން ކަރުނަ ނުހިކޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ގެ ކޮއްކޮ ޢަބްދުއްރައްޒާޤް ބުނެފިއެވެ.

"ހަމައެކަނި މަންމައެއް ނޫން. ޢާއިލާގެ ހުރިހާ އެންމެން ވެސް ދެކެނީ ހަމަ އެމީހުން ޖަލު ބަންދުގައި ތިބިކަމަށް. 1000 ދުވަސް ފާއިތުވެގެން ދިއައިރުވެސް އިޙްޞާޞްތަކަށް އެއްވެސް ބަދަލެއް ނާދޭ. އެންމެންވެސް މިތިބީ ފުރަތަމަ ދުވަހެކޭ އެއްފަދައިން ހިތްދަތިކަމާއެކު."

ކޮއްކޮ ބުނީ "ދޮންބެ" އަކީ އާމްދަނީ ލިބެން ފެށީންސުރެ މަންމަ އާއި ބައްޕަގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެން ބަލަހައްޓަވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އަދި ލިބިވަޑައިގަންނަވާ ވަރަކުން ޢާއިލާގެ އެންމެންނަށް ވެސް އެހީތެރިވެދެއްވާ ކަމަށެވެ.

ކޮއްކޮ ބުނީ ދޮންބެ އަކީ ކޮންމެ ކަމެއް ދިމާވި ނަމަވެސް ރުޅިއަންނަ މީހެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައިވެސް ޢާއިލާ އާއިއެކު ދޮންބެ މަޝްވަރާ ކުރާ ކަމަށެވެ. "ޕާޓީގެ ރައީސްކަމާ ހަވާލުވާން ވެސް މަންމަ އާއި ބައްޕަ އާއި ވެސް މަޝްވަރާ ކުރި."

ކޮއްކޮ ބުނީ ދޮންބެ އަކީ ޢާއިލާގެ އެންމެންނާއިއެކުވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭބެއެއް ކަމަށާއި ސިއްރު ކުރަންޖެހޭ ކަންކަން ސިއްރުކޮށްދޭ އަބަދުވެސް ހެޔޮ ނަޞޭޙަތްދޭ ބޭބެއެއް ކަމަށެވެ.

ކޮއްކޮ ބުނީ ދޮންބެއަކީ އަބަދުވެސް އިންޞާފަށް ލޯބިކުރައްވާ ބޭބެއެއް ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ދުވަހަކުވެސް ގޮވައިލައްވަފާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.
މިއަދު އޮންލައިން