މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށް، އެއްބަސްވުމުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަންގައި ޔުނައިޓެޑާ ގުޅުނު ކޯޗު މޮރީނިއޯގެ ކޮންޓްރެކްޓް އަންނަ 2019 އަހަރު ހަމަވާއިރު، މޮރީނިއޯ މިރޭ ސޮއިކުރި އާ ކޮންޓްރެކްޓްގެ މުއްދަތަކަށް އިތުރުކޮށްފައިވަނީ އެއް އަހަރެވެ. އާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ.
އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު މޮރީނިއޯ ބުނެފައިވަނީ ޔުނައިޓެޑަށް އެންމެ ރަނގަޅު ކޯޗަކީ އޭނާ ކަމުގައި އެ ކްލަބްގެ މެނޭޖްމެންޓްއުން ދެކޭތީ އުފާވާކަމަށާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަަކަށް ވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ނުކުތް ފުރަތަމަ ސީޒަންގައި އެ ކްލަބް ވަނީ ޔޫއެފާ ޔޫރޮޕޯ ލީގާއި އިންގްލިޝް ފުޓްބޯލް ލީގު ކަޕް ކާމިޔާބުކޮށްފައެވެ. މި (ދެވަނަ) ސީޒަންގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް، އިނގިރޭސި ލީގުގައި ދެވަނައިގައި އޮތްއިރު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގައެއް ހޯދައިފައެވެ.