މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިންޑިއާގެ ދިދަ ނަންގަވައިދެއްވީ އިންޑިއާ ހައިކޮމިޝަނަރު އަކިލޭޝް މިޝްރާއެވެ.
ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ވެސް ބައިވެރިވި މި ރަސްމިއްޔާތުގައި މިޝްރާ ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ފޮނުއްވި ޚިޠާބު އިއްވަވައިފައެވެ.
މިރަސްމިއްޔާތުގައި މިޝްރާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ގެންދަނީ ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކުރަމުން ކަމަށާއި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި "ނިޔު އިންޑިއާ" ބިނާ ކުރުމަށް މިފަދަ ޚިދުމަތްތަކުގެ ސަބަބުން މަގުފަހިވާ ކަމަށެވެ.
މިޝްރާ ވަނީ ދިވެހި ރައްޔިތުން އެމަނިކުފާނުގެ ދެކަނބަލުންނަށާއި ހައިކޮމިޝަނަށް ދެމުން ގެންދާ އެއްބާރުލުމާއި ބަހައްޓާ ގުޅުންތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް ރައްޔިތުން އެމަނިކުފާނަށް އަދާކުރާ މެހްމާންދާރީ ފާހަގަކުރައްވައި އެކަމަށްވެސް މިޝްރާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.