ފަރުޟު އަދާކުރުމުން ވަދެވޭނީ ސުވަރުގެ- މަތީ ދަރަޖަތަކަށް ދެވޭނީ ސުންނަތަށް އަމަލުކޮށްގެން: ޝައިޚް މުޙައްމަދު އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފަރުޟު އަދާކުރުމުން ވަދެވޭނީ ސުވަރުގެ- މަތީ ދަރަޖަތަކަށް ދެވޭނީ ސުންނަތަށް އަމަލުކޮށްގެން: ޝައިޚް މުޙައްމަދު އިބްރާހީމް

ސުވަރުގެއަށް ވަދެވުމާއި ސުވަރުގޭގެ މަތީ ދަރަޖަތަކަށް ދެވުމަކީ ވަރަށް ތަފާތު ދެކަމެކެވެ. މިކަން ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ.

މާތްﷲ އެންގެވި ގޮތުގައި އަމަލުތައް ބަހައްޓައި ފަރުޟު ކުރެއްވެވި ކަންތައްތައް ފުރިހަމައަށް އަދާކުރާނަމަ އެމީހަކަށް ސުވަރުގެ ވަދެވޭނެއެވެ. ނަމަވެސް އެއީ ހަމައެކަނި ސުވަރުގެއަށް ވަދެވުމެވެ.
ސުވަރުގެއަކީ އެތައް ދަރަޖަތަކަކަށް ބެހިގެންވާ ތަނެކެވެ. މަތީ ދަރަޖަތަކަށް ވާސިލުވެވޭނީ މާތްﷲގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބުނު މިންވަރަކުންނެވެ. މާތްﷲގެ ލޯބިވެވޮޑިގަތުން ލިބޭނީ އެމީހަކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް އަމަލުކުރި މިންވަރަކުންނެވެ.

އެހެންކަމުން ސުވަރުގެއިން މަތީ ދަރަޖައަށް އެދޭމީހާއަށް އޮތީ އެމީހާ ކުރާ ކޮންމެ ކަމެއްވެސް ރަސޫލާ (ޞޢވ)ގެ ސުންނަތާއި އެއްގޮތަށް އަމަލުކުރުމެވެ. ނިދީން ހޭލެވުމުން ފެށިގެން ނިދަން އޮށޯތުމާއި ހަމައަށް އެމީހަކު ކުރާ ހުރިހާ އަމަލުތަކެއްވެސް ރަސޫލާ (ޞޢވ)ގެ ސުންނަތާއި އެއްގޮތަށް ކުރެވޭތޯ މަސައްކަތްކުރުމެވެ.

ސުންނަތް ނަމާދުތައް ކުރުމެވެ. ޛިކުރުތައް ކުރުމެވެ. ތިމާގެ އަޚްލާޤާއި ދިރިއުޅމުގެ ކަންކަންވެސް އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އާއި ވީވަރަކަށް އެއްގޮތްކުރަން މަސައްކަތްކުރުމެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފަރުޟު ކަންކަން ކޮށްލުމުން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އެމީހަކަށް ލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާސިލުވެވޭނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް އަމަލުކުރި މިންވަރަކުންނެވެ.

(ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް މުޙައްމަދު އިބްރާހީމް ދެއްވެވި ދަރުސުން)
މިއަދު އޮންލައިން