މިއީ އަމުރު ތަންފީޒުކުރާ އެންމެން ވެސް އަޑުއަހައި ކިޔައިލުން ރަނގަޅު ދަރުސެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މިއީ އަމުރު ތަންފީޒުކުރާ އެންމެން ވެސް އަޑުއަހައި ކިޔައިލުން ރަނގަޅު ދަރުސެކެވެ!

ސަލާމަތީ ބާރުތަކަށް ނިޞްބަތްވީ ނަމަވެސް އަދި ޝަރުޢީ ނިޒާމަށް ނިޞްބަތްވީ ނަމަވެސް އެންމެ އާދައިގެ މަސައްކަތެއް ކަމަށްވާ މަގުމަތި ސާފުކުރާ މީހަކަށްވީނަމަވެސް އަދި ފްލެޓް ދޫކުރުމުގެ މަސައްކަތުގައި ވަޒީފާ އަދާކުރާ މުވައްޒިފެއް ނަމަވެސް މާތްﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާން ނުޖެހޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.

އެދުވަހުން ތިމަންނާ އަމަލުކުރީ ސަރ ނުވަތަ ވެރިޔާ ކުރި އޯޑަރަށް ކަމަށް ބުނުމަކުން ސަލާމަތެއް ނެތެވެ. ކިތަންމެ ފަލަ އަދި ވަރުގަދަ ބިޔަ ސަރ އެއް ކުރި އޯޑަރަށް އަމަލުކުރި ނަމަވެސް އެ އަމަލަކީ ޙައްޤު ނޫން ގޮތުގައި ކޮށްފައިވާ އަމަލެއް ނަމަ އެކަމެއްގެ ޒިންމާ އުފުލަން އެމީހަކަށް ނުޖެހިއެއް ނުދާނެއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ ސަރގެ ބޮލަށް ކަނޑާލުމަކުން ތިމާއަށް އެއްވެސް ސަލާމަތް ކަމެއް ނެތެވެ.
ޙައްޤު ނޫން ކަމެއް ކުރުވީތީ ސަރ އަށް ނުވަތަ އޮފީހުގެ ވެރިޔާއަށް ލިބޭނެ އަޛާބު ބޮޑުވާނެއެވެ. ނަމަވެސް އެ އަމުރަށް އެކަން ކުރި އެއްވެސް މީހަކަށް ލިބެންޖެހޭ ޢަޛާބު ނުލިބިއެއް ނުދާނެއެވެ.

ބޮޑުންގެ އަމުރަށް ކުށްކުރާމީހުންނާ ބޮޑުންނާ ޝައިޠާނާ ޤިޔާމަތް ދުވަހު ދައްކާނެ ވާހަކަތައް ޤްރްއާނުން.
މިކަމުގައި ބަލައި ވިސްނަންޖެހޭނީ ހަމައެކަނި ސަލާމަތީ ބރުތަކުގެ ބޭކަލުންނާއި ފަނޑިޔާރުންނެއްވެސް ނޫނެވެ. މިއީ އެއަށްވުރެ މާފުޅައުކޮށް އޮތް ކަމެކެވެ. މިސާލަކަށް މީހުންނަށް ފްލެޓް ދިނުން ފަދަ ވަކި އުޞޫލަކުން ކުރަން ޖެހޭ ކަންކަން އުޞޫލުން ބޭރުން ވެރިޔާގެ އަމުރަށް ކުރުމަކީ ވެސް ހަމަ ބައެއްގެ ޙައްޤުތަކަށް އަރައިގަތުމެވެ.

ވަކި ފެންވަރެއްގެ މީހުންގެ ކާރުފަދަ ވެހިކަލްތަކުގައި ސްޓިކަރ ނުޖަހައި ޢާންމުންގެ ވެހިކަލްތަކުގައި ސްޓިކަރޖަހައިގެން ފައިސާ ދައްކަން ޖެއްސުވުމަކީވެސް ހަމަ ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.
ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތް ފިޔަވައި ދެން އަމަލުކުރުން އެންެމެ ލާޒިމްކަން ބޮޑުވެގެންވަނީ އެޤައުމެއްގައި ހުންނަ އިސްލާމް ދީނާއި ތަޢާޜަޒްނުވާ ޤާނޫނުތަކަށެވެ. ޤާނޫނުތަކަށް އަމަލުކުރުމުގައި އިސްތިސްނާކުރުމަކީ ކުރެވޭ ޤާނޫނީ އަދި ދީނީ ކުށެކެވެ. އެ ކުށުން ބަރީޢަ ވެގެންވާ މީހަކަށް ވެވޭނީ އެންމެންނާއިމެދު އެއް އުޞޫލަކުން އަމަލުކުރުމުންނެވެ.
މިއަދު އޮންލައިން