ޗިއޭވޯ ބަލިކޮށް ޔުވެންޓަސް ލީގުގެ އެއްވަނައަށް

ކިޔުމަށް ހޭދަވާނީ 41ސ
ޗިއޭވޯ ބަލިކޮށް ޔުވެންޓަސް ލީގުގެ އެއްވަނައަށް

އިޓަލީ ލީގުގައި، 0-2 ގެ ނަތީޖާއިން ޗިއޭވޯ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.
ޗިއޭވޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 67 ވަނަ މިނެޓުގައި ސަމީ ކެޑީރާއެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައި ގޮންޒާލޯ ހިގުއައިންނެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު، ލީގު ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލީ ކުޅުނު 22 މެޗުން 56 ޕޮއިންޓް ލިބިގެންނެވެ. ލީގުގެ ދެވަނައިގައި ނަޕޯލީ އޮތީ އެއް މެޗު މަދުން ކުޅެގެން 54 ޕޮއިންޓާއެކުއެވެ.
އިޓަލީ ލީގުގައި މިރޭ ނަޕޯލީ ނުކުންނާނީ ބޮލޮގްނާއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން އަލުން ތާވަލުގެ އެއްވަނައަށް ޖެހުލުމުގެ ފުރުސަތު ނަޕޯލީއަށް އެބަ އޮތެވެ.
މިއަދު އޮންލައިން