ފަތިސް ނަމާދަށް ދެވުނު ޖަމާއަތުގަ ނަމާދުކުރާތީ ސުންނަތް ނުކުރެވުނު މީހާ ކަންކުރާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފަތިސް ނަމާދަށް ދެވުނު ޖަމާއަތުގަ ނަމާދުކުރާތީ ސުންނަތް ނުކުރެވުނު މީހާ ކަންކުރާނީ ކިހިނެއް؟

ހޭލައިގެން ފަތިސް ނަމާދަށް ދެވުނުއިރު ޖަމާއަތުގައި ނަމާދުކުރަނީއެވެ. އެހެންކަމުން އިހު ސުންނަތް ކުރެވޭކަށް ނެތެވެ. ދެން ކަންތައް ކުރާނީ ކިހިނަކުން ހެއްޔެވެ؟

ފުރަތަމަ ކަމަކަށް އޮތީ އެމީހަކު ޖަމާއަތުގައި ބައިވެރިވެ ފަތިސް ނަމާދުކުރުމެވެ. އެއަށްފަހުގައި ސުންނަތުގެ ދެ ރަކްއަތް ކުރުމެވެ. މިގޮތުން ކުރާ ސުންނަތުގެ ދެ ރަކްޢަތް އިރު ވކި ހިސާބަކަށް މައްޗަށް އެރުމުންވެސް ކުރެވިދާނެއެވެ. (މޮޅު އިތުރުވެގެންވަނީވެސް އެގޮތެވެ.)

ފަތިސް ނަމާދުގެ ވަގުތުގައި ނިހޭލެވުނު މީހާ ނިދީން ހޭލެވިގެން ފަތިސް ނަމާދުކުރާނަމަ ފުރަތަމަ ކުރަންވީ ސުންނަތުގެ ދެ ރަކްއަތެވެ. ނަމާދުކުރަންވީ އެއިގެ ފަހުންނެވެ.

ފަތުވާ: ޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒް

ފަތިހުގެ ނިދިކޮޅު އެންމެންނަށްވެސް ވަރަށް އަރާމެވެ. އެހެންކަމުން ގިނަ ބައަކު ކޮންމެހެންވެސް ފަތިސް ވަގުތު ނިދާލަން ބޭނުންވެއެވެ. އެފަދަ މީހުންނަށް ނިދި ފުރިހަމަވާކަމަށްވަނީވެސް ފަތިސް ވަގުތު ނިދައިލުމުންނެވެ.

މިފަދަ މީހުން އެންމެ ފަހަރަކުވެސް ނަރަކައިގެ ހޫނުކަމަށް ވިސްނައިލާ ބާވައެވެ! ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކްއަތަކީ ދުނިޔެއާއި ދުނިޔޭގައިވާހައި ތަކެއްޗަށްވުރެ މާތްﷲގެ ޙަޟްރަތުގައި އަގުބޮޑު އެއްޗެއް ކަމާއިމެދު ވިސްނައިލާ ބާވައެވެ. ޖަމާއަތުގައި ކުރާ ފަތިސް ނަމާދުގެ މާތްކަމާއިމެދު ވިސްނައިލާ ބާވައެވެ.
މިއަދު އޮންލައިން