ކޭތަ ހިފަނީ މީސްތަކުންނަށް އިންޒާރެއްގެ ގޮތުންނެވެ. ވަކި މީހަކު މަރުވެގެން ނުވަތަ އުފަންވެގެނެއް ނޫނެވެ. ކޭތަ ހިފައިފިނަމަ އޮތީ ނަމާދުކުރުމަށާއި ޛިކުރުކުރުމަށާއި އިސްތިޣްފާރު ކުރުމަށް އަވަސްވެގަތުން ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.
އެކަން ބަޔާންކޮށްދެއްވެވީ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަށް އެންމެފަހުން ލިބިވަޑައިގެންނެވި ދަރިކަލުން އަވަހާރަވި ދުވަހު ކޭތަ ހިފުމުން މީސްތަކުން މިސްކިތަށް އެއްކުރައްވަވައި ކޭތަ ނަމާދު ކުރެއްވެވުމަށްފަހު ވިދާޅުވި ޚުޠުބާގައެވެ.
އިރާއި ހަނދަށް ޚާއްޞަވެގެންވަނީ އެތަކެއްޗަށް މާތް ﷲ ލައްވަވާފައިވާ އޯބިޓްގައި ދައުރުކުރުން ކަމަށާއި ހަނދުގެ މައްޗަށް ގަދަވެގަތުމަކީ އިރަށް ކުރެވޭނެ ކަމެއް ނޫންކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ.
ހަމައެފަދައިން ދުވާލަށް ރޭގަނޑުގެ މައްޗަށް ވެސް ގަދަވެއެއް ނުގަނެވޭނެއެވެ. މާތް ﷲ އެކަން ލައްވަވާފައިވަނީ ދުވާލުވުމާއި ރޭގަނޑުވުން އެކުގައި ދައުރުކުރާ ގޮތަށެވެ.
އިރާއި ހަނދަކީ އިންސާނުންގެ ޚިދުމަތުގައި މާތް ﷲ ލައްވަވާފައިވާ ތަކެއްޗެވެ. ވަގުތުތައް ދެނަގަތުމަށާއި ދުވަސްތައް ވަކިކޮށް ދެނެގަތުމަށެވެ. ދަތުރުކުރަންވީ މިސްރާބް އަންގައި ދިނުމަށެވެ.
(މިރޭ ކުރި ކޭތަ ނަމާދުގެ ޚުޠުބާއިން)
ކަން މިހެން އޮތް ނަމަވެސް މިރޭވެސް ކޭތަ ހިފުމުން ގިނަ ބައަކު އުޅުނީ އެތަން ބަލައި ފޮޓޯ ނެގޭތޯއެވެ. ލިބުނު އެންމެ ބޮޑު ދުރުމިމެއް ބޭނުންކޮށްގެން މަންޒަރު ބަލާށެވެ. ކުޅި މަޖާގަނޑެއްގެ ގޮތުގައި ދެކިގެން ހީނ ސަކަރާތް ޖަހާށެވެ. ބިރުވެތިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި އޮތް ކަމަކަށް ނުވެއެވެ.
މިހުންނަނީ ނުބައިކަން ބޮޑު އަމަލުތަކެވެ. އަވަސްވެގަންނަން ޖެހޭނީ ކޭތަ ނަމާދުކުރުމަށެވެ. އަޅުކަން ކުރުމަށެވެ. ތައުބާވުމަށެވެ. އެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޚުޠުބާއިން ވަރަށް ރަނގަޅަށް އެނގި ސާފުވެއެވެ.
ކޭތަ ނަމާދުގެ ޚުޠުބާ: