ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ލިބިވަޑައިގެންނެވި ފައިސާ މީސްތަކުންނަށް ބައްސަވަމުން ގެންދަވަނިކޮށް އެތަނުން ބައަކަށް ތަކެތި ނުދެއްވަވާތީ އެމީހުންނަކީ ހެޔޮލަފާ މީހުން ކަމަށާއި އެމީހުންނަށް ދެއްވެވުމަށް 3 ފަހަރެއްގެމަތިން ޞަހާބީއަކު ދެންނެވިއެވެ.
3 ވަނަ ފަހަރަށް ދެންނެވުމުން އިތުރު މާތް ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިމަން ކަލޭގެފާނު މީސްތަކުންނަށް ފައިސާ ބައްސަވަމުއެވެ. ބައެއް ފަހަރު ތިމަން ކަލޭގެފާނު އެންމެ ބޮޑަށް ލޯބިފުޅުވާ މީހުންނަކަށް ނުދެއްވަވަމެވެ. އެއީ އެ ފައިސާގެ ސަބަބުން އެމީހާ ނަރަކައާއިދިމާއަށް ދަމައިގެންފާނެ ކަމަށެވެ."
ހަމަ މިމޭރުމުން މާތް ﷲ ވަނީ ވަހީ ކުރައްވަވައިފައެވެ. އެމީހަކު ބޭނުންހައި ވަރަކަށް ރިޒްޤް ދެއްވަވައިފިނަމަ އެމީހާ އިންތަކުން ބޭރުވެދާނެ ކަމަށެވެ. ހަރާމް ކަންތައްތަކާއި ހަމައަށްވެސް ހިނގައިދާނެއެވެ. އެމީހުން ކުރަން ނުޖެހޭ ކަންތައްތަކެއް އެމިހަކު ކޮށްފާނެ އެވެ. އެހެންކަމާއިއެކުވެސް އެމީހަކަށް ދެއްވަވަން ރުހިވޮޑިގެންވާ އަދަދަކަށް އެމީހަކަށް ދެއްވަވައެވެ.
މިއާޔަތުން އެނގެނީ މާތް ﷲ ލޯބިވެވޮޑިގެންވާ އަޅުންނަށް ދެއްވަވަނީ އިންތަކުން ބޭރަށް ނުދެވޭނެ މިންވަރަށް ކަމެވެ. އަހަރެމެންނަށް އަމަލުކުރެވޭނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.
މީގެ މާނައަކީ އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރަން ފައިސާ ހޯދަން މަސައްކަތް ނުކުރުމެއް ނޫނެވެ. މަސައްކަތް ކުރުމުން ނުލިބުނު ނަމަވެސް އެކަމަށް ކެތްތެރިވާންވީއެވެ. ނުލިބުނީވެސް ކޮންމެވެސް ސަބަބެއް އޮވެގެން ކަމަށް ޤަބޫލުކުރަންވީއެވެ.
ދަރިން ދެއްވެވުމުގައި ވެސް އޮތީ ހަމަ މިގޮތެވެ. ބައެއް މީހުންނަށް ހުސް ފިރިހެން ދަރިން ދެއްވަވައެވެ. އަނެއްބައި މީހުންނަށް ހުސް އަންހެން ދަރިން ދެއްވަވައެވެ. އަނެއްބައި މީހުންނަށް ދެ ޖިންސުން ދެއްވަވައެވެ. އަނެއްބައި މީހުންނަށް އެންމެ ދަރިއަކުވެސް ނުދެއްވަވައެވެ. އަހަރެމެންނަށް އޮތީ މިންވަރަށް އީމާންވެ ކެތްތެރިވުމެވެ.
ބައެއް މީހުންނަށް މާގިނައިން ފައިސާ ލިބުމުން އެމީހުންގެ ނަމާދުގައި މާތް ﷲ ގެ މަތިން ހަނދާން ނައްތައިލައެވެ.
ކަންކަން މިހެން ހުރުމުން އެއްވެސް މީހަކު އެމީހަކަށް މާތް ﷲ ދެއްވަވާ މިންވަރާއިމެދު މާޔޫސްވެގެން ނުއުޅޭށެވެ. ނަމަވެސް އިތުރަށް ހޯދަން ބޭނުންވާ މިންވަރު ހޯދަން މަސައްކަތްކުރާށެވެ. އަމަލުތައް ސީދާ ކޮށް ދުޢާކުރުން މަތީގައި ދެމިހުންނާށެވެ. އެމީހާއަށް އެންމެ ރަނގަޅު މިންވަރަށް ކަންކަން މާތް ﷲ ފަހިކޮށްދެއްވަވާނެތެވެ.
ގުޅުންހުރި ވީޑިއޯ: